Advertisement

ޖަސްޓިން ބީބާގެ ލަވަތަކުގެ ރައިޓްސް 200 މިލިއަން ޑޮލަރަށް ވިއްކާލައިފި

25 ޖަނަވަރީ 2023 - 10:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖެނުއަރީ މަހުގެ ކުރީކޮޅު އެމެރިކާގެ ކެލިފޯނިއާގައި ޖަސްޓިން ބީބާ ޝޯއެއް ދެނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޖަސްޓިން ބީބާގެ ލަވަތަކުގެ ރައިޓްސް 200 މިލިއަން ޑޮލަރަށް ވިއްކާލައިފި

25 ޖަނަވަރީ 2023 - 10:51 0

ޖަސްޓިން ބީބާގެ ލަވަތަކުގެ ރައިޓްސް 200 މިލިއަން ޑޮލަރަށް ހިޕްގްނޯސިސް ސޯންގްސް ކެޕިޓަލްއަށް ވިއްކާލައިފި އެވެ.

މިހާރު ބީބާގެ މަގްބޫލު ލަވަތަކުގެ ހިއްސާއެއް އޮންނާނީ އެ ކުންފުންޏަށެވެ. ބީބާގެ އިތުރުން ވެސް ބައެއް އެހެން ފަންނާނުން ދާދި ފަހުން ލަވަތަކުގެ ރައިޓްސް ވިއްކާފައިވެ އެވެ.

ލަވައިގެ ރައިޓްސް ވިއްކުމުން، އެ ލަވައެއް އާއްމު ތަނެއްގައި ޖަހާ ކޮންމެ ފަހަރަކު، ލަވައިގެ ރައިޓްސް އޮންނަ ފަރާތަކަށް ކޮމިޝަނެއް ލިބޭނެ އެވެ.

ޖަސްޓިން ބީބާގެ ލަވައިގެ ކެޓެލޯގުގައި 290 ލަވަ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މާލީ ކުންފުނި ބްލެކްސްޓޯން އާއި ބްރިޓިޝް ހިޕްގްނޯސިސް ސޯންގް މެނޭޖްމަންޓު ގުޅިގެން ހިންގާ ހިޕްގްނޯސިސް ސޯންގްސް ކެޕިޓަލްއަކީ އެއް ބިލިއަން ޑޮލަރުގެ ކުންފުންޏެވެ.

އެ ކުންފުންޏަށް ރައިޓްސް ލިބުނު ލަވަތަކުގެ ތެރޭގައި 2021 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ކުރިން ބީބާ ނެރުނު ހުރިހާ ލަވައެއް ހިމެނެ އެވެ.

ބީބާ އާއި ހިޕްގްނޯސިސްއާ ދެމެދު އެކުލަވާލި އެއްބަސްވުމުގެ ތަފްސީލް ހާމައެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ރައިޓްސް ވިއްކާލީ 200 މިލިއަން ޑޮލަރަށެވެ.

މީގެ ކުރިން ޖަސްޓިން ޓިމްބަލޭކް އަދި ޝަކީރާ ވެސް ވަނީ ލަވަތަކުގެ ރައިޓްސް ހިޕްގްނޯސިސް ކުންފުންޏަށް ވިއްކާލައިފަ އެވެ.

ލަވައިގެ ރައިޓްސް އާއްމުކޮށް ވިއްކަނީ އުމުރުން ދުވަސްވީ އާޓިސްޓުންނެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ބޮބް ޑިލަން އަދި ބްރޫސް ސްޕްރިންގްސްޓީން ފަދަ މިޔުޒިކް ލެޖެންޑުންގެ ލަވަތަކުގެ ރައިޓްސް ސޮނީއަށް ވިއްކި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސްޕްރިންގްސްޓީންގެ ލަވަތަކުގެ ރައިޓްސް ވިއްކާލީ 500 މިލިއަން ޑޮލަރަށެވެ.