Advertisement

ހަ ވަނަ ޑިިވިޝަނު ޓީމެއް ކޮޅަށް އެމްބާޕޭ ފަސް ލަނޑު ޖަހައިފި

24 ޖަނަވަރީ 2023 - 09:11 0

ރޭގެ މެޗުގެ ތެރެއިން އެމްބާޕޭ ގޯލަށް ބޯޅަ ފޮނުވާލަނީ.


ހަ ވަނަ ޑިިވިޝަނު ޓީމެއް ކޮޅަށް އެމްބާޕޭ ފަސް ލަނޑު ޖަހައިފި

24 ޖަނަވަރީ 2023 - 09:11 0

ޕެރިސް (ޖެނުއަރީ 24) - ފްރެންޗް ކަޕްގައި ކީލިއަން އެމްބާޕޭގެ ފަސް ގޯލާ އެކު، ޕީއެސްޖީން 7-0 އިން ހަ ވަނަ ޑިވިޝަނުގެ ޕޭސް ޑެ ކަސެލް އަތުން މޮޅުވެއްޖެ އެވެ. މިއީ ޕީއެސްޖީގެ ތާރީހުގައި ވެސް ރަސްމީ މެޗެއްގައި އެއް ކުޅުންތެރިއަކު ފަސް ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

އަންނަ މަހު ކުޅޭ ފްރެންޗް ކަޕްގެ ގަދަ 16 ބުރުގައި ޕީއެސްޖީ ކުޅޭނީ މާސޭއާ ދެކޮޅަށެވެ. މި މެޗު ކުޅެން ޖެހޭނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޕީއެސްޖީން ބަޔާން މިއުނިކާ ބައްދަލުކުރަން ޖެހޭ ދުވަސްވަރުގަ އެވެ.

ޕީއެސްޖީން ރޭގެ މެޗުގައި ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ. އެމްބާޕޭގެ ފަސް ގޯލުގެ އިތުރުން ދެން ޕީއެސްޖީގެ ލަނޑުތައް ޖެހީ ނޭމާ އާއި ކާލޮސް ސޮލެއާ އެވެ.

ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނީ އެ ޓީމުން ފުރަތަމަ ގޯލު ޖަހައިފިނަމަ ދުނިޔޭގެ އެއްވެސް ޓީމަކަށް ފަހަތުން އަރައި މޮޅުވާން ފަސޭހަ ނުވާނެ ކަމަށެވެ. އަދި އެކަން ކުރިއަށް އޮތް ހަފްތާތަކުގައި ވެސް ތަކުރާރުކުރަން ބޭނުންވާ ކަމަށް ގަލްޓިއޭ ވަނީ ބުނެފަ އެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ކެޕްޓަންކަން ކުރީ އެމްބާޕޭ އެވެ. އެމްބާޕޭ އާއި ނޭމާ މި މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގައި ހިމެނޭ އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ އަށް ވަނީ އަރާމްކުރަން ފުރުސަތު ދީފަ އެވެ.

ޖުމްލަ 38،000 މީހުންގެ ޖާގައިގެ ދަނޑެއްގައި ޕޭސްއާ ދެކޮޅަށް ކުޅުނު މި މެޗުގައި އެމްބާޕޭ ވަނީ ފުރަތަމަ ހާފުގައި ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ދެ ލަނޑުޖެހީ ދެ ވަނަ ހާފުގަ އެވެ. އެމްބާޕޭ ވަނީ މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީ އަށް ކުޅުނު 24 މެޗުން 25 ލަނޑު ޖަހައި، ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.