Advertisement

ފޯކައިދޫގައި އިންޑިއާގެ އެހީގެ ދަށުން ގާއިމުކުރި ކޮމިއުނިޓީ ސެންޓަރު ހުޅުވައިފި

19 ޖަނަވަރީ 2023 - 15:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ


ފޯކައިދޫގައި އިންޑިއާގެ އެހީގެ ދަށުން ގާއިމުކުރި ކޮމިއުނިޓީ ސެންޓަރު ހުޅުވައިފި

19 ޖަނަވަރީ 2023 - 15:03 0

ށ. ފޯކައިދޫގައި އިންޑިއާ ސަރުކާރުގެ އެހީގައި އަޅައިދިން ކޮމިއުނިޓީ ސެންޓަރު ހުޅުވައިފި އެވެ.

މިއަދު ބޭއްވި ހަފުލާއެއްގައި ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ހުޅުވައިދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ މުޖުތަމައާއި އިގުތިސާދު ކުރިއެރުވުމަށްޓަކައި އިންޑިއާއިން ކެނޑިނޭޅި ދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ. ހާއްސަކޮށް މި ފަހުން ދިމާވި ކޮވިޑުގެ ބަލިމަޑުކަމުގައި އިންޑިއާއިން ވެދިން އެހީތެރަކަމަށް ޝާހިދު ވަނީ ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.

ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ވަޑައިގަތުމުގެ ކުރިން ވަނީ ރޭ ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ހއ. އުތީމުގެ އާސާރީ ސަރަހައްދުތަކަށްވެސް ޒިޔާރަތް ކުރައްވާފަ އެވެ.

އެ ކޮމިއުނިޓީ ސެންޓަރަކީ އިންޑިއާގެ ސަރުކާރުގެ އެހީގެ ދަށުން 5،219،890.50 ރުފިޔާ ހަރަދުކޮށްގެން ލޯކަލް ގަވަރްމަންޓު އޮތޯރިޓީއިން އެ ރަށުގެ ކައުންސިލާ ހަވާލުކޮށްގެން އެޅި ކޮމިއުނިޓީ ސެންޓަރެކެވެ.