19 ޖަނަވަރީ 2023 - 14:05 0
ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލް. އެފިހާރައިން އެތެރެކޮށް ވިއްކާ މަޖަން ކުރިގެ އަގަށް ބަދަލެއް ނުގެންނާނެ ކަމަށް އެފިހާރައިން ބުނޭ -- ފޮޓޯ: އަދަދު
19 ޖަނަވަރީ 2023 - 14:05 0
ޖީއެސްޓީއަށް އައި ބަދަލާ އެކު ބާޒާރުގައި މުދަލުގެ އަގުވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ޒަރޫރީ އަދި ކޮންމެ ދުވަހަކު ވެސް ކެއުންބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުބޮޑުވެގެން ދިޔުންވީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުކޮށްލި ކަމަކަށެވެ. މިކަންބޮޑުވުން އިތުރުވެގެން ދިޔައީ ކޮންމެ ދުވަހަކު ވެސް ދަރިވަރުންގެ ނާސްތާގައި ހިމެނޭ ހިކިކިރުގެ އަގުވެސް ކުއްލިއަކަށް އިންތިހާއަށް ދާދިފަހުން ބޮޑުވެގެން ދިޔުމެވެ.
އާންމުގެ އެ ކަންބޮޑުވުން މީސްމީޑިޔާގައި ފަތުއަޑު ކިޔާފައި ހިއްސާކުރަމުން ދަނިކޮށް ރެޑުވޭވުން މިވަނީ އެ ކަންބޮޑުވުމަށް ލުޔެއް ދީފަ އެވެ. އެގޮތުން، އެ ކުންފުނިން ރާއްޖޭގެ ބާޒާރަށް ގިނަ އަދަދަކަށް އެތެރެކޮށް ކަސްޓަމަރުންގެ މަގުބޫލުކަން ހޯދާފައިވާ މަޖަން ހިކި ކިރުގެ އަގު، ބޮޑު ނުކުރާނެކަމުގެ ޔަގީންކަން ރެޑްވޭވުން ވަނީ ދީފަ އެވެ.
ރެޑްވޭވުގެ އޮފިޝަލު ބުނީ ދުނިޔޭގެ މާކެޓަށް އައި ބަދަލާ އެކު ހިކި ކިރުގެ އަގުތަށް އުފުލިގެން ދިޔުމާއެކު ވެސް، ރެޑްވޭވުން ވިއްކާ ހިކި ކިރުގެ އަގުތައް އެކުންފުނިން ވަނީ އެހަރަދުގެ ބުރަ، ކަސްޓަމަރުން އުފުލަން ނުޖެހޭގޮތަށް އެއް ހަމައެއްގައި ހިފަހައްޓާފައި ކަމަށެވެ.
އެގޮތުން، މަޖަންގެ 800 ގުރާމުގެ ޕެކެޓެއް މިހާރުވެސް ރެޑްވޭވުން ވިއްކަމުންދަނީ 90ރ. އަށް ކަމަށް އޭނާ ބުންޏެވެ. އަދި، 1.8 ކިލޯ ގެ ޕެކެޓެއްގެ އަގު ހުރީ 199ރ އަށް ކަމަށާއި 2.25 ކިލޯ ގެ ޕެކެޓެއްގެ އަގު ހުރީ 255ރ. އަށް ކަމަށް އޭނާ ބުންޏެވެ. އެއީ މިވަގުތު ބާޒާރުގައި ހުރި އެންމެ ހެޔޮ އަގު ކަމަށް ވެސް އޭނާ ޔަގީންކޮށްދިނެވެ.
އެކުންފުނީގެ ހޯލްސޭލް އަދި ރީޓޭލް ކަސްޓަމަރުންނަށްވެސް ކުރީގައިވެސް ހުރި، ބަދަލެއްނުވާ ހެޔޮ އަގުގައި މަޖަން ހިކިކިރު ލިބިގެންދާނެ ކަމަށް ރެޑްވޭވުގެ އޮފިޝަލް ބުންޏެވެ.
މަޖަންއަކީ ރާއްޖެއަށް އެތެރެކުރާ ގިނަ ބުރޭންޑުތަކުގެ ކިރުތަކެކޭ އެއްފަދައިން، ދިވެހިންގެ ރަހަތަކާއި ގުޅޭ ނިއު ޒިލޭންޑުގެ އުފެއްދުމެކެވެ.
ރެޑްވޭވުގެ އޮފިޝަލް އިތުރަށް ބުނީ މަޖަން ހިކި ކިރު ނޫނަސް އާންމުކޮށް ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާ ގިނަ ބާވަތްތައް ހެޔޮ އަދި ހަމަ އަގުގައި ރެޑްވޭވުން ލިބޭނެ ކަމަށެވެ.
އެގޮތުން، މަސްދަޅާއި ޓޮމާޓޯ ޕޭސްޓާއި ސަންފުލާވަ އޮއިލް އަދި މައިލޯ ފަދަ ޕުރޮޑަކްޓުގެ އަގު ރެޑްވޭވުގައި ހެޔޮވާނެ ކަމަށް އޭނާ ބުންޏެވެ. އަގުހެޔޮކޮށް ވިޔަފާރި ކުރުމަށް އެދޭ ނަމަ، ރެޑްވޭވުގެ ފިހާރަތަކުން ވިޔަފާރި ކުރުމަށް ރެޑްވޭވުން އެދެ އެވެ. އޭރުން މުދަލުގެ އަގަށްއައި ބަދަލުން ވާ ގެއްލުން ކުޑަ ކުރެވޭނެ ކަމަށް އެކުންފުނީގެ އޮފިޝަލް ބުންޏެވެ.
Comment