Advertisement

އޮސްޓްރޭލިއަން އޯޕަން: ތަށި ދިފާއުކުރަން ނަޑާލް ނުކުތީ ވަރުގަދަކޮށް

17 ޖަނަވަރީ 2023 - 11:43 0


އޮސްޓްރޭލިއަން އޯޕަން: ތަށި ދިފާއުކުރަން ނަޑާލް ނުކުތީ ވަރުގަދަކޮށް

17 ޖަނަވަރީ 2023 - 11:43 0

މެލްބަން (ޖެނުއަރީ 17) - އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަން، ރަފައެލް ނަޑާލް، މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ބުރުގެ މެޗުން އިނގިރޭސި ކުޅުންތެރިޔާ، ޖެކް ޑްރެޕާ އަތުން މޮޅުވެއްޖެ އެވެ.

އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރުމުގެ ރެކޯޑް ހޯލްޑަރު، ނަޑާލް، 36، މި ފަހަރު މުބާރާތް ފެށުމުގެ ކުރިން ދިން އިންޓަވިއުގައި ވެސް ވަނީ ފިޒިކަލް ފިޓްނަސް އަށް ބަލާއިރު، އޭނާ އަށް ވުރެ ރަނގަޅު ލެވަލެއްގައި ހުރި ގިނަ ކުޅުންތެރިންތަކެއް މުބާާރާުތުގައި ވާދަކުރާނެ ކަމަށެވެ. އަދި އޭނާ އަށް ފުރުސަތެއް އޮތީ، ތަޖުރިބާ އާއި މެންޓަލް ފިޓްނަސްގެ ބޭނުން ހިފައިގެން ކަމަށް ނަޑާލް ވަނީ ބުނެފަ އެވެ.

އުމުރުން، 21 އަހަރުގެ ޑްރެޕާ އަތުން ނަޑާލް މޮޅުވީ، 7-5 2-6 6-4 6-1 އިންނެވެ.

"މިއީ ފަސޭހަ މެޗެއް ނޫން. އަހަރެން ވަރަށް މަސައްކަތުން މި މޮޅު ހޯދީ، ކޮންމެ މެޗެއް ވެސް ފައިނަލެއްގެ ގޮތުގައި މި ނުކުންނަނީ،" ނަޑާލް ބުންޏެވެ. "ބަލިވާ މެޗެއްގައި ވެސް ވަރުގަދަ ފައިޓެއް ދީފައި ނިންމާލުމަކީ އަޒުމަކީ، ޕްރޮފެޝަނަލްކޮށް ކުޅޭއިރު، އަހަރެންގެ ފައިޓިން ސްޕިރިޓް ދަމަހައްޓަން އަބަދުވެސް މަސައްކަތް ކުރަން،"

ޑްރެޕާ ބުނީ ނަޑާލް ފަދަ ކުޅުންތެރިއަކާ ދެކޮޅަށް ގްރޭންޑް ސްލޭމެއްގައި ދެއްކުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ކޮންމެ މެޗެއްގައި ވެސް ކަންތައްތައް ދަސްކޮށް، މެޗަކަށް ފަހު މެޗެއް ކުރިއެރުން ހޯދުމަކީ ޓާގެޓް ކަމަށް، ދުނިޔޭގެ ރޭންކިންގެ 38 ވަނައިގައި މި ވަގުތު އޮތް ޑްރެޕާ ވަނީ ބުނެފަ އެވެ.

އޮސްޓްރޭލިއަން އޯޕަންގައި މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ، ނޮވަކް ޖޮކޮވިޗް، ވިސާ މައްސަލަ ހައްލުކޮށް، މި ފަހަރުގެ މުބާރާތުގައި ކުޅެން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު، އެކި ސަބަބުތަކާ ހުރެ، ބައެއް ތަރިން މި ފަހަރުގެ މުބާރާތުން ނުފެންނާނެ އެވެ. އެ ކުޅުންތެރިންނަށް ބަލާއިރު، އޮސްޓްރޭލިއާގެ ބިކް ކިރްގިއޯސް އާއި ސްޕެއިންގެ ކާލޮސް އަލްކަރާޒް އަދި ޖަޕާންގެ ނައޯމީ އޮސާކާ ހިމެނެ އެވެ.