Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި މިލަންދޫ އަދި ހޮޅުދޫއިން ދެ މީހަކު ހައްޔަރުކޮށްފި

15 ޖަނަވަރީ 2023 - 17:51 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މި އޮޕަރޭޝަނުގައި ފުލުހުން އަތުލި މަސްތުވާތަކެތި -- ފޮޓޯ: ފުލުހުން


މަސްތުވާތަކެތީގެ މައްސަލައެއްގައި މިލަންދޫ އަދި ހޮޅުދޫއިން ދެ މީހަކު ހައްޔަރުކޮށްފި

15 ޖަނަވަރީ 2023 - 17:51 0

ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ށ. މިލަންދޫ އަދި ނ. ހޮޅުދޫއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި މި ދެ މައްސަލައިގައި ވެސް ހައްޔަރު ކުރީ ދިވެހި ފިރިހެނުންނެވެ.

އޭގެ ތެރެއިން މިލަންދޫ އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރެކޮށް ބޭނުންކުރާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ މީހެކެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.

ހޮޅުދޫގެ އޮޕަރޭޝަނަކީ ރަށުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް އާންމު ފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން އިތުރަށް ބުނީ މި މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި 41 އަހަރުގެ މީހާ ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތުގެ ގޮތުގައި ކޯޓުން ޖަހައިދީފައިވަނީ 15 ދުވަހެވެ.

ފުލުހުން ބުނީ މި ދެ މައްސަލައާއި ގުޅޭ ގޮތުން ކުރަންޖެހޭ އިތުރު ތަހުގީގުތައް ކުރަމުންދާ ކަމަށެވެ.