Advertisement

އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ އާއި އިރާނާއި މިޔަންމާ އަދި ބަންގްލަދޭޝް އެއް ގްރޫޕަކަށް

13 ޖަނަވަރީ 2023 - 13:40 0

މިދިޔަ އަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަން


އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ އާއި އިރާނާއި މިޔަންމާ އަދި ބަންގްލަދޭޝް އެއް ގްރޫޕަކަށް

13 ޖަނަވަރީ 2023 - 13:40 0

ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓަށް ކޮލިފައިވުމަށް ކުޅޭ އޭޝިއާ ކޮލިފައިންގައި ރާއްޖޭގެ އަންހެން ގައުމީ ޓީމާއި އިރާނާއި މިޔަންމާ އަދި ބަންގްލަދޭޝް އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.

ރާއްޖޭން އަންނަ އޭޕްރީލް މަހު، ކޮލިފައިން ގްރޫޕް ބީގެ މެޗުތައް ކުޅޭނެ ވަކި ސަރަހައްދެއް އޭއެފްސީން ނިންމާފައިނުވެ އެވެ. އެކަމަކު، ކޮލިފައިން މި ބުރުގެ މެޗުތައް އޮންނާނީ އޭޕްރީލް 3-11 އަށް ކަމަށް އޭއެފްސީން ވަނީ ނިންމައިފަ އެވެ.

ކޮލިފައިންގައި ރާއްޖޭގެ އަންހެން ގައުމީ ޓީމު ކުޅެންޖެހޭ މެޗުތައް އެތުރިފައިވާ ތަރުތީބަށް ބަލާއިރު، ރާއްޖޭން ފުރަތަމަ މެޗުގައި ކުޅޭނީ މިޔަންމާއާ އެވެ. ދެ ވަނަ މެޗުގައި އިރާނާ ކުޅުމަށް ފަހު، ފަހު މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުން ބޭއްވި ސާފް ވިމެންސް ޗެމްޕިއަން، ބަންގްލަދޭޝާ ދެކޮޅަށެވެ.

ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވާން އޭޝިއާ ބައްރުގައި ކުރިއަށްދާ ކޮލިފައިންގެ ފުރަތަމަ ބުރުގެ ގްރޫޕްތައް ރޭވިފައިވާ ގޮތް: މީގެއިން ކޮންމެ ގްރޫޕެއްގެ އެއް ވަނަ ދެ ވަނަ ބުރަށް ކޮލިފައިވާނެ.


ކޮލިފައިންގެ ފޯމެޓް:

ފޯމެޓް ރޭވިފައިވާ ގޮތަށް ބަލާއިރު، ފީފާ އަންހެން ފުޓްބޯޅައިގެ ރޭންކިން އަށް ބަލައި، އެންމެ މަތިން ރޭންކް ކުރެވިފައިވާ އޭޝިއާގެ ފަސް ގައުމު ވަނީ އޮޓޮމެޓިކުން ދެ ވަނަ ބުރަށް ކޮލިފައިވެފަ އެވެ. ފުރަތަމަ ބުރުގައި ހިމެނޭ ހަތް ގްރޫޕުން ކޮންމެ ގްރޫޕެއްގެ އެއް ވަނަ ދެ ވަނަ ބުރަށް ހޮވޭނެ އެވެ. ބާރަ ގައުމުގެ މެދުގައި ކުޅޭ ދެ ވަނަ ބުރުން ކޮންމެ ގްރޫޕެއްގެ އެއް ވަނަ އާއި ތިން ގްރޫޕްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ވަނަ ޓީމު ހޮވޭނީ ތިން ވަނަ ބުރަށެެވެ. ތިން ވަނަ ބުރުގައި ހިމެނޭ ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅުމަށް ފަހު، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ގައުމަކަށް 2024 ވަނަ އަހަރު ޕެރިިހުގައި ބާއްވާ އޮލިމްޕިކްސް އިން ފުރުސަތު ލިބިގެންދާނެ އެވެ.

ގައުމީ އަންހެން ޓީމުގެ ކުރީގެ ނަތީޖާތަކަށް ކަޅިއެއް

އެންމެ ފަހުން 2020 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވާން، 2018 ވަނަ އަހަރު ކުޅުނު މުބާރާތުގައި ރާއްޖެ ހިމެނުނީ ޖޯޑަން އާއި އިންޑޮނީޝިއާ އަދި ފަަލަސްތީނާ އެއް ގްރޫޕެއްގަ އެވެ. ގްރޫޕްގެ ފުލަށް ރާއްޖެ ދިޔައިރު، އެއް ވަނަ ހޯދީ ފަލަސްތީނެވެ. ރާއްޖޭގެ ނަތީޖާތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި ޖޯޑަން އަތުން ބަލިވީ 6-0 އިންނެވެ. ދެ ވަނަ މެޗުގައި 3-1 އިން އިންޑޮނީޝިއާ އަތުން ބަލިވިއިރު، ދެން ކުޅުނު މެޗުން، ފަލަސްތީން އަތުން ބަލިވީ 2-1 އިންނެވެ.

ރާއްޖޭގެ އަންހެން ޓީމުން އެންމެ ފަހުން ވާދަކުރީ މިދިޔަ ސެޕްޓެމްބަރު މަހު، ނޭޕާލްގައި ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގަ އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އަހުމަދު ޝަރީފް (ޑުންގާ)ގެ ކޯޗުކަމުގައި އަންހެން ޓީމު ސާފްގައި ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން 3-0 އިން ބަލިިވިއިރު، ދެ ވަނަ މެޗުގައި އިންޑިއާ އިން ރާއްޖެ ބަލިކުރީ 9-0 އިންނެވެ.