Advertisement

ކުރެންދޫގައި ރައީސް އާކުރެއްވީ މީގެ 30 އަހަރު ކުރީގެ ހަނދާންތައް

8 ޖަނަވަރީ 2023 - 17:36 0

ޅ. ކުރެންދޫ

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ޅ ކުރެންދޫ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ވާހަަކދައްކަވަނީ; މީގެ 30 އަހަރު ކުރީގެ ހަނދާންތައް އާކުރެއްވި -- ފޮޓޯ: އެމްޑީޕީ


ކުރެންދޫގައި ރައީސް އާކުރެއްވީ މީގެ 30 އަހަރު ކުރީގެ ހަނދާންތައް

8 ޖަނަވަރީ 2023 - 17:36 0

ޅ. ކުރެންދޫ

ކެމްޕޭން ދަތުރުފުޅެއްގައި ޅ. ކުރެންދުއަށް ވަޑައިގެން މީގެ 30 އަހަރު ކުރިން ވެސް އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ތާއީދު ކުރެއްވި ކަމަށް ވިދާޅުވެ، ޅ. އަތޮޅު މެމްބަރު ކަމަށް ކުރިމަތި ލެއްވި އިރުގެ ހަނދާންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިއްސާކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ކުރެންދުއަށް ވަޑައިގެން އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ, ރައީސް ވިދާޅުވީ މީގެ 30 އަހަރު ކުރިން އެމަނިކުފާނުގެ ސިޔާސީ ހަޔާތް ފެށިގެން ފެށިގެން އައި އިރު ކުރެންދޫގައި އެމަނިކުފާނަށް ތާއިދު ކުރި ވަރަށް ގިނަ މީހުން ތިބި ކަމަށެވެ.

މީގެ 30 އަހަރު ކުރިން ރައީސް ސިޔާސީ ދާއިރާއަށް ނިކުންނެވީ, މަޖިލީހުގައި ޅ. އަތޮޅު ތަމްސީލު ކުރުމުގެ ގޮތުންނެވެ.

"އޭރުވެސް އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައީ ރާއްޖޭގައި އޭރު އޮތް ނިޒާމު, ސަރުކާރު ހިންގުމުގެ ތެރޭގައި ހުރި ރައްޔިތުންނާ ދުރުކަން ގާތްކޮށް, ރައްޔިތުންނަށް ސީދާ ހިދުމަތް ކުރެވޭނެ ސަރުކާރެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން،" މިހާރުވެސް ކުރަމުން އަންނަނީ އެ މަސައްކަތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެ 30 އަހަރު ކުރިން ވެސް އެމަނިކުފާނަސް ކުރެންދޫ ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ލިބެމުން ދިޔަ ކަމަށާއި, އަބަދުވެސް އެ ތާއީދު ލިބެމުންދާ ކަމަށެވެ. އަދި، ފަހަރުގައި އެ ރަށުގެ ޒުވާނުން އެކަން ހަނދާން ނެތް ނަމަވެސް ރަށުގެ ހަރު އުމުރުގެ މީހުން އެކަން ހަނދާން ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މީގެ 30 އަހަރުކުރިން މަސައްކަތް ކުރަމުންދިޔަ އެ ހިޔާލާއި ފިކުރުގެ ތެރެއިން ކަމަށާއި, އެމްޑީޕީ ވުޖޫދުވެގެން އައީވެސް އެ މަސައްކަތުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ. އޭރުވެސް އަދި މިހާރުވެސް ކުރެންދޫ ރައްޔިތުން އެ ފިކުރަށް އަދި އެ ވިސްނުމަށް ތާއީދު ކުރާކަން ވަނީ ރައީސް ފާހަގަކުރައްވާފަ އެވެ. އަދި، ކުރެންދޫ ރައްޔިތުން ބޭނުންވަނީ މިނިވަންކަމާއި އިންސާފު ގާއިމްވެފައި އޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

ޖަލު ގޮޅި ދެކެ, އަނިޔާވެފައި ތިބި އެތައް ބަޔަކު އެބަތިބި

ރައީސް ވިދާޅުވީ, އެމްޑީޕީ ގެނައުމަށް ކުރި މަސައްކަތުގެ ތެރެއިން އަނިޔާލިބުނު އެތައް ބަޔަކު ކުރެންދޫގައި އެބަތިބި ކަމަށާއި, އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމުން ދިމާވި ކަންކަމުގެ ސަބަބުން އަނިޔާ ލުބުނު މީހުންވެސް ތިބި ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވަނީ ކޯލިޝަނެއްގެ މުހިންމު ކަމާއި, ރާއްޖޭގައި ސުލްހަވެރިކަން ގާއިމުވެފައި އޮތުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. އަތޮޅުގެ ހަތަރު ރަށަކާއި, ރ. އަތޮޅުގެ ތިން ރަށަކަށް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ. އަދި، މިއަދު ޅ. އަތޮޅުގެ ތިން ރަށަކަށް ޒިޔާރަތްކުރައްވާނެ އެވެ.