Advertisement

ބްރޯޑްކޮމްގެ މެންބަރުކަމުން ގައިސް އިސްތިއުފާ ދެއްވައިފި

8 ޖަނަވަރީ 2023 - 15:14 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ގައިސް އައްޔަން ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން؛ މަގާމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ - ފޮޓޯ: ރައީސް އޮފީސް


ބްރޯޑްކޮމްގެ މެންބަރުކަމުން ގައިސް އިސްތިއުފާ ދެއްވައިފި

8 ޖަނަވަރީ 2023 - 15:14 0

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސްއަކަށް ހުންނެވި އަހުމަދު ގައިސް އެ ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ބްރޯޑްކޮމަށް އައްޔަންކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޭނާގެ ނަން ހިމެނޭ ގޮތަށް ނަންތަކެއް ފޮނުވުމުން، ގައިސް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ޑިސެމްބަރު 3، 2019 ގަ އެވެ.

މީގެ ކުރިން ގދ. ތިނަދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާފައިވާ ގައިސްއަކީ ގދ. އަތޮޅު ކައުންސިލްގެ މެންބަރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މީޑިއާ ރޮނގުން މާސްޓާސް ވެސް ހާސިލްކުރައްވާފައިވާ ގައިސް "އަދަދު" ނޫހަށް ވިދާޅުވީ އޭނާ ކޮމިޝަނުން މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވީ "އެހެން މަސައްކަތަށް ހުސްވާން ބޭނުން ވުމުން" ކަމަށެވެ. އިތުރު މާ ބޮޑު ތަފްސީލެއް ނުދެއްވަ އެވެ.

ގައިސް އިސްތިއުފާ ދެއްވިއިރު، ބްރޯޑްކޮމްގައި މިހާރު ދެން ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި، މެންބަރު އަލީ ޔޫސުފްއާއި، މެންބަރު އާމިނަތު އަމީނާއާއި، މެންބަރު މުހައްމަދު ފަޒީން، މެންބަރު ޝިފްލާ އިބްރާހީމް އަދި މެންބަރު އަމްޖަދު ވަހީދެވެ.