Advertisement

ޕާޓީން ވަކިވި މީހުންގެ ތެރޭގައި ރައީސްގެ އާއިލީ ބޭފުޅުން

7 ޖަނަވަރީ 2023 - 09:46 1

ރ. އިންނަމާދޫ

ނިމާ ހަސަން

ނިމާ ހަސަން

ރައީސް އިންނަމާދޫގައި; އެރާސު މެންބަރުންނާ ބައްދަލުކުރައްވާ, އެމަނިކުފާނުގެ އާއިލީ ބޭފުޅުން ވެސް ޕާޓީން ވަކިވި ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


ޕާޓީން ވަކިވި މީހުންގެ ތެރޭގައި ރައީސްގެ އާއިލީ ބޭފުޅުން

7 ޖަނަވަރީ 2023 - 09:46 1

ރ. އިންނަމާދޫ

އެމްޑީޕީގެ ދަފްތަރު ސާފު ކުރުމުގެ ތެރެއިން ޕާޓީން ވަކިވި މީހުންގެ ތެރޭގައި ރައީސްގެ އާއިލީ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަން ހާމަކުރައްވައިފި އެވެ.

އިއްޔެ ހަވީރު އިންނަމާދޫ އެމްޑީޕީ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މިކަން ހާމަ ކުރެއްވީ އެރަށު އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުންތައް އެއްސެވުމަށްފަހު އެވެ. އިންނަމާދޫ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަފްތަރަށް ގެނައި ބަދަލާއެކު އެރަށުގެ މެންބަރުން އިންތިހާއަށް މަދުވެގެން ދިއުމެވެ.

200 އަށްވުރެ ގިނަ މެންބަރުން ތިބި އިންނަމާދޫގައި މިހާރު ތިބީ 64 އެމްޑީޕީ މެންބަރުންނެވެ. މެންބަރުންގެ ކަންބޮޑުވުންތަކާއެކު ރައީސް ވިދާޅުވީ, ދަފްތަރަށް އައި ބަދަލަކީ މިދިޔަ މޭ މަހު ބޭއްވި ކޮންގްރެސްގައި ފާސްކޮށްގެން ކުރަމުންދާ ކަމެއް ކަމަށެވެ.

އެއީ އެހެން ޕާޓީއެއްގެ ދަފްތަރުގައި ތިބި ބަޔަކު އެމްޑީޕީގެ ދަފްތަރުގައި ތިބުމާއި, ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އެހެން ޕާޓީތަކުން މީހުން ވޯޓު ލާން އައުން ހުއްޓުވުމަށް ކުރިން ފެށިގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި އެއީ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މަގާމާ ހަވާލުވެވަޑައިގެން ޕާޓީގެ ދަފްތަރު ސާފު ކުރުމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ކުރައްވާ މަސައްކަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ ދަފްތަރަށް އައި ބަދަލަކީ ޕްރައިމަރީއާ ގުޅިގެން އައި ބަދަލެއް ނޫން ކަމަށެވެ.

އަޅުގަނޑުގެ އެންމެ ބޮޑު ދައްތަ, އެންމެ ހަގު ކޮއްކޮ އަދި އަންހެނުން ވެސް އޮތީ ވަކިވެފައި. ޖެހުނީ އަލުން ފޯމު ލާން

ރައީސް ވިދާޅުވި ގޮތުގައި ދަފްތަރު ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން އެމަނިކުފާނުގެ އަމިއްލަ ދާއިރާއިން ވެސް 250 ވޯޓު ވަނީ ގެއްލިފަ އެވެ.

އެމްޑިޕީގެ ދަފްތަރުން ގިނަ އަދަދެއްގެ މެންބަރުން އުނިވެފައި ވަނީ އެ ޕާޓީގެ ދަފްތަރާއި, އިލެކްޝަން ކޮމިޝަނުގެ ދަފްތަރު އެއްގޮތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ 39،000 މެންބަރުންގެ ތެރޭގައި ރައީސްގެ ގާތް ބޭފުޅުން ވަކިކޮށްފައިވާއިރު, ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުންނާއި ބޭބޭ ވެސް ވަނީ ވަކިކޮށްފަ އެވެ.

"މިސާލަކަށް، ވަކިކޮށްފައި ތިބި މީހުންނޭ މި ދަންނަވަނީ، ޑޭޒީމާގޭ އަހުމަދު އައްބާސް، ހާމިދު އަބްދުލްގަފޫރު، އަޅުގަަނޑުމެންގޭ ޑރ. ނާޝިދު، ޔާގޫތުގޭ ލައިލާ. އަޅުގަނޑަކަށް ނޭނގެ މިމީސްމީހުން ކައިރީގައި ދެން ނޫނެކޭ އަންނަން ވީނުންހޭ." މީގެ ކުރިން ކެމްޕޭނު ޖަލްސާއަކަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވާ ނަޝީދު ވިދާޅުވި އެވެ.

އިންނަމާދޫން ރައީސަށް ތާއީދު

ރައީސް އިންނަމާދޫ އެމްޑިޕީ މެންބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: އެމްޑީޕީ


އިންނަމާދުއަކީ ރ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެމްޑީޕީ މެންބަރުންގެ ހަރަކާތްތެރި ރަށެކެވެ. އެރަށު އިއްޔެ އެރަށު މެންބަރުންނާ ބައްދަލުކުރެއްވުން ކެފޭއެއްގައި އޮތްއިރު, އެރަށުގެ އެމްޑިޕީ ޖަގަހައެއް މިވަގުތަކު ނެތެވެ. އެމްޑީޕީ ޖަގަހަ މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ހިންގަމުން ދިޔަ ނަމަވެސް ހުއްޓުމެއް އައިސްފައި ވަނީ އެއީ މީހެއްގެ ގޯއްޗަށް ވެފައި އެތަނުގައި ޖަގަހަ ހިންގެން ނެތުމުންނެވެ.

އެހެންކަމުން ރައީސް ވަނީ އިންނަމާދޫގައި ޖަގަހަ ހިންގާނެ ތަނެއް ހޯދުމަށް މެންބަރުންނަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އެކަމުގައި ޕާޓީގެ އެއްބާރުލުން ލިބޭނެ ކަން ފާހަގަކުރައްވާފަ އެވެ.

އިންނަމާދޫން ރައީސަށް އޮތް ތާއީދު އެ ދާއިރާގެ ރައީސް އަބްދުالله ޝަފީގުގެ ވާހަކައިން ވެސް ހާމަވެ އެވެ. ޝަފީގު ވިދާޅުވީ މީސްކޮޅު މަދު އިންނަމާދޫން އަތްތިލަބަޑި ޖަހަމުން ރައީސް ހޮވައިދެއްވާނެ ކަމަށާއި, އެވަރު ވެރިއަކު އަދި ރާއްޖެ ނުދެކޭ ކަމަށެވެ. ރައީސްގެ ވެރިކަމުގައި ހެޔޮ ވެރިކަމަކީ ކޮބާކަން އެނގިގެން ގޮސްފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރައީސަކީ ހިންގުންތެރި ވެރިއެއް ކަމަށެވެ.