Advertisement

އަޔަކްސް އިން ކޮންޓްރެކްޓް އުވާލި ނެދަލޭންޑްސްގެ ބްލިންޑް ބަޔާން އަށް

6 ޖަނަވަރީ 2023 - 18:55 0


އަޔަކްސް އިން ކޮންޓްރެކްޓް އުވާލި ނެދަލޭންޑްސްގެ ބްލިންޑް ބަޔާން އަށް

6 ޖަނަވަރީ 2023 - 18:55 0

މިއުނިކް (ޖެނުއަރީ 6) - ނެދަލޭންޑްސްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޑޭލީ ބްލިންޑް ޖަރުމަންގެ ބަޔާން މިއުނިކަށް ބަދަލުވެއްޖެ އެވެ.

ނެދަލޭންޑްސްގެ އަޔަކަސްއާ އެކު ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ ހަ މަަސް ދުވަސް އޮއްވައި، އެ ކްލަބާއި ބްލިންޑް އެއްބަސްވެގެން ކޮންޓުރެކްޓް ބާތިލްކުރީ މިދިޔަ މަހެވެ. އެހެންކަމުން، ބްލިންޑް ބަޔާނަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

މެންޗެސްޓާ ޔުނައިޓަޑަށް ވެސް ކުރިން ކުޅުނު ބްލިންޑް ،32، ބަޔާންއާ ގުޅުނީ މި ސީޒަންގެ ނިޔަލަށެވެ. އެކަަމަކު, ކޮންޓުރެކްޓް އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.

ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމިޑްޒިޗް ބުނީ ބްލިންޑަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި ބަޔާނަށް އޭނާގެ ފަރާތުން ފައިދާވާނެ ކަމަށެވެ.

"ބްލިންޑަކީ ވަރަށް ގިނަ މަގާމުތަކަށް ކުޅޭ ކުޅުންތެރިއެއް. އަދި އިންޓަނޭޝަނަލް ތަޖުރިބާ ލިބިފައިވާ ކުޅުންތެރިއެއް. ބަޔާނަށް އޭނާގެ ފަރާތުން ފައިދާވާނެ،" ސަލިހަމިޑްޒިޗް ބުންޏެވެ.

ވޯލްޑް ކަޕްގައި ނެދަލެންޑްސްގެ މެޗެއްގެ ތެެރެއިން ބްލިންޑް.


ހިތުގެ މައްސަލައަކާ ގުޅިގެން، ހާއްސަ އާލާތަކާ އެކު ކުޅެމުންދާ ބްލިންޑް ބަޔާނަށް ސޮއިކުރީ އިއްޔެ މެޑިކަލް ޓެސްޓްތައް ހެދުމަށް ފަހު އެވެ.

ބަޔާން އިން ބްލިންޑް ގެނައީ ޑިފެންސް ވަރުގަދަ ކުރުމަށެވެ. ހާއްސަކޮށް، ވޯލްޑް ކަޕްގައި ފްރާންސަށް ކުޅެނިކޮށް އަނިޔާވި ލެފްޓް ބެކް ލޫކަސް ހެނާންޑޭޒް ނެތްތަން ފޫބެއްދުމަށެވެ.

ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ އަށް ސީރިއަސް އަނިޔާއެއްވެ، އޭނާ އަށް މި ސީޒަނުގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާނުން ގޯލްކީޕަރެއް ގެންނާނެ ކަމަށް ބެލެވޭއިރު، އެ ޓީމުގެ ލިސްޓުގައި ހިމެނެނީ ސެވިއްޔާގެ މޮރޮކޯ ކީޕަރު ޔާސީން ބޯނޯ، އެސްޓަން ވިލާގެ އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓީނޭޒް، ބޮރުޝިއާ މުންޗެންގްލަޑްބެކް އަށް ކުޅޭ ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ އަދި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބަށް ކުޅޭ ކީޕަރު ޑޮމިނިކް ލިވާކޮވިޗް އެވެ.