Advertisement

ކުރިން އަސާސީ ހައްގު ވެސް ލިބުނީ ވަކި ފިކުރެއްގެ ބަޔަކަށް: ރައީސް

6 ޖަނަވަރީ 2023 - 12:18 2

ރ. މާކުރަތު

ނިމާ ހަސަން

ނިމާ ހަސަން

ރައީސް އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވަނީ; އެމްޑީޕީއަށް އޮތް ތާއިދު މުޅި ރައްޔިތުންގެ ފައިދާއަށް ބޭނުންކުރުމަށް އިލްތިމާސްކުރެއްވި -- ފޮޓޯ: އެމްޑީޕީ


ކުރިން އަސާސީ ހައްގު ވެސް ލިބުނީ ވަކި ފިކުރެއްގެ ބަޔަކަށް: ރައީސް

6 ޖަނަވަރީ 2023 - 12:18 2

ރ. މާކުރަތު

ކުރީގެ ސަރުކާރުން ރައްޔިތުންނަށް އަސާސީ ހައްގުތައް ވެސް ފޯރުކޮށްދިނީ ވަކި ފިކުރަކަށް ބޯލެނބުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވާދަ ކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރ. މާކުރަތަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަށްތަކަށް އަސާސީ ހިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތައް ވެސް ލިބެނީ ވަކި ފިކުރަކަށް ބޯލަނބާތީ ކަމަށާއި ނަމަވެސް އެމްޑީޕީން އެގޮތަށް އަމަލު ކުރުމާ ހިލާފު ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވީ ނަމަވެސް ޑިމޮކްރަސީގެ އަސާސްތަކާ ހިލާފު ނުވާނެ ކަމަށާއި އަބަދުވެސް ރައްޔިތުން ބާކީ ނުކުރަން އެ ޕާޓީން ވިސްނާ ކަމަށެވެ.

ޑިމޮކްރަސީގައި މައިނޯރިޓީގެ ހައްގުތައް ހިމާޔަތް ކުރުމަކީ އެންމެ މުހިންމު ސިފަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މައިނޯރިޓީގެ ހައްގުތައް ހިމާޔަތް ކުރެވޭނީ އެމަނިކުފާނު ކެންޑިޑޭޓެއްގެ ގޮތުގައި ހޮވައިގެން ކަމަށެވެ. ޕްރައިމަރީގައި ވޯޓު ދެއްވާއިރު މައިނޯރިޓީގެ ހައްގުތައް ހިމާޔަތް ކުރުމާމެދު ވިސްނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ހުރިހާ ފިކުރަކާއި ވިސްނުމެއް ބާއްވަން ވާނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް އެމްޑިޕީ ތެރޭގައި ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރުމަށް އެންމެންގެ ވެސް ވިސްނުން ބަހައްޓަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ޕްރައިމަރީގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވައިފި ނަމަ, ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިންތިހާބަކާ ކުރިމަތިލާއިރު, މީގެ ކުރީ އިންތިހާބުތަކުގެ ނަތީޖާއަށް ވިސްނުން މުހިންމު ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ކުރީގެ ވެރިކަންކަމުގައި ރައްޔިތުން ކުރި ތަޖުރިބާގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.