Advertisement

މި އަހަރު ތެރޭ އަލިފުއްޓަށް ފްލައިޓް ޖެއްސޭނެ ކަމުގެ އުންމީދު އެބައޮތް: އެމްޓީސީސީ

5 ޖަނަވަރީ 2023 - 20:57 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު


މި އަހަރު ތެރޭ އަލިފުއްޓަށް ފްލައިޓް ޖެއްސޭނެ ކަމުގެ އުންމީދު އެބައޮތް: އެމްޓީސީސީ

5 ޖަނަވަރީ 2023 - 20:57 0

މި އަހަރުގެ ތެރޭގައި ރ. އަލިފުއްޓަށް ފްލައިޓް ޖައްސާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ، މިއަދު ރ. އަލިފުށީ އެއާޕޯޓު ޓާމިނަލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ، މި އަހަރުގެ ތެރޭގައި އަލިފުއްޓަށް ބޯޓު ޖެއްސޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއްް އެބައޮތް ކަމަށެވެ.

އަލިފުށީ އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެ ރަށުގެ ބިން ހިއްކުމާއި، އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތެވެ.

ބިން ހިއްކާ އެއާޕޯޓްގެ މަސައްކަތް ކުރަމުންދާއިރު މިހާރު ޓާމިނަލް އެޅުމަށްޓަކައި 17 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފަ އެވެ. އަލިފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރެވިގެންދާއިރު، މި ބިމަކީ ސީދާ ރަށު ފަސްގަނޑު އެއްފަސްކުރެވިގެން ހިއްކޭ ބިމެކެވެ.

ހަތަރު ސަތޭކަ ފަންސާސް އެއް މިލިއަން ރުފިޔާގެ މި މަޝްރޫއު ނިމިގެންދާއިރު، އަލިފުށީ ބިމުގެ ސައިޒް ވެސް ދެގުނައަށް ބޮޑުވެ 109 ހެކްޓަރުގެ ބޮޑު ރަށަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.