Advertisement

އެމްއައިބީގެ އިންޓަނެޓު ބޭންކިން؛ ފޯނާއި ޓެބުލެޓަށް ވެސް ފައްކާ

9 ޖަނަވަރީ 2023 - 09:29 0


އެމްއައިބީގެ އިންޓަނެޓު ބޭންކިން؛ ފޯނާއި ޓެބުލެޓަށް ވެސް ފައްކާ

9 ޖަނަވަރީ 2023 - 09:29 0

އިންސާނުންނަކީ އަބަދުވެސް ކަންކަމުގައި އޮންނަ އެންމެ ލުއިފަސޭހަ ގޮތެއް ހޯދުމަށް މަސައްކަތް ކުރާ ބައެކެވެ. އެ މަސައްކަތުގެ ތެރެއިން މީގެ ޒަމާންތަކެއް ކުރިން އެތައް ބައެއްގެ ބައިވެރިވުމާ އެކު ނޫނީ ނުކުރެވޭ ކަންކަން މިއަދު އެންމެ މީހަކަށް ވެސް ކޮށްލެވޭނެ ގޮތް އިންސާނުން ވަނީ ހޯދާފަ އެވެ. މިއަދު ދުނިޔެއަށް އައިސްފައިވާ ތަރައްގީއަކީ އެ މަސައްކަތުގެ ނަތީޖާ އެވެ.

ދުނިޔޭގެ ތާރީހުން ފެންނަން އޮތް ގޮތުގައި ބޭންކިންގެ ހިދުމަތަކީ ވެސް މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން ވެސް ދެމުން އައިސްފައިވާ ހިދުމަތެކެވެ. ފައިސާގެ ގޮތުގައި ރަނާއި ރިހި ބޭނުން ކުރަމުން އައި ޒަމާނުގައި ވެސް އެ ސަރަހައްދެއްގައި އޮންނަ ދައުލަތަކުން ބޭންކުތައް ހިނގާފައިވާ ކަން ތާރީހު ހެކިދެ އެވެ.

އެހެން ނަމަވެސް ޒަމާނާ އެއްގޮތަށް ދުނިޔެ ތަހުޒީބުވަމުން އައި އައުމުގައި ބޭންކިންގެ ނިޒާމަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ކުރިން ހަމައެކަނި ނަގުދު ފައިސާއިން ކުރަމުން އައި މުއާމަލާތްތައް ޑިޖިޓަލް ކުރެވި މިއަދު އެކަމުގައި ވެސް އިންސާނުން ވަނީ ލުއިފަސޭހަ ގޮތްތަކެއް ހޯދާފަ އެވެ.

ރާއްޖޭގައި ބޭންކިންގެ ހިދުމަތް ދެމުން އަންނަ ބޭންކުތަކުން ވެސް ދަނީ ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް އެ ބޭންކުތަކުން ދެމުންގެންދާ ހިދުމަތްތައް ކުރިއެރުވުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރާއްޖޭގައި ހުރި ހަމައެކަނި އިސްލާމިކް ބޭންކުން ވެސް ވަނީ ފައިސާނެޓު 2.0 ގެ ނަމުގައި އެ ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން އިންޓަނެޓު ބޭންކިންގެ ހިދުމަތް ތައާރަފުކޮށްފަ އެވެ. މި އިންޓަނެޓު ބޭންކިން އަކީ ސަލާމަތީ ކަންކަން ވަރުގަދަވުމުގެ އިތުރުން ބޭނުންކޮށްލަން ވެސް ފަސޭހަ އެތައް ކަމެއް ހިމަނާފައިވާ އިންޓަނެޓު ބޭންކިން އެކެވެ.

އާންމުކޮށް އެހެން ބޭންކުތަކުން ދޭ އިންޓަނެޓު ބޭންކިން ހިދުމަތާ ހިލާފަށް ފައިސާނެޓު 2.0 އަކީ މޮބައިލް ސްކްރީނަށް ވެސް ހެޔޮވަރު އިންޓަނެޓު ބޭންކިން އެކެވެ. ފޯނަކުން ނުވަތަ ޓެބްލެޓަކުން ލޮގިންވެގެން ވެސް މޯބައިލް އެޕްލިކޭޝަނެކޭ އެއްގޮތަށް މި ހިދުމަތް ބޭނުން ކޮށްލެވޭނެ އެވެ.

މިވަރުން ނިމުނީކީއެއް ނޫނެވެ. ފައިސާނެޓުގެ އައިކަން ފޯނުގެ ނުވަތަ ޓެބްލެޓުގެ ސްކްރީނަށް ވެސް އެޑުކޮށްލެވެ އެވެ. މިއާއެކު ފައިސާނެޓަށް ވަދެލަން ފަސޭހަވެފައި ކުއިކް ލޮގިން ބޭނުންކޮށްގެން ކޮންމެ ފަހަރަކު ޔޫސާނޭމް ޖަހަން ނުޖެހި ލޮގިން ވެސް ވެލެވެ އެވެ. އަދި ބޭނުން ކުރާ މީހެއްގެ ލޮލަށް އެންމެ ފަސޭހަ މޯޑެއް ވެސް ހިޔާރުކޮށްލެވޭނެ އެވެ. އެގޮތުން ޑާކު މޯޑު ވެސް ފައިސާނެޓު 2.0 ގައި ހިމެނިފައިވެ އެވެ.

މޯބައިލް ފޯނުތަކުގެ މަގުބޫލުކަން ބޮޑުވެ މިހާރު ގިނަ މީހުން މިފަދަ ހިދުމަތްތަށް ފޯނުން ހޯދާއިރު މިއީ ލިބޭނެ ވަރަށް ބޮޑު ލުއިފަސޭއެކެވެ.