Advertisement

މަރު ކޮމިޝަނުގެ ރިޕޯޓުތައް އާންމުވުމުން އެއް އަހަރަށް މަސައްކަތް މަޑުޖެހުނު

28 ޑިސެންބަރު 2022 - 17:31 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ނޫސްވެރިޔާ ރިލްވާންގެ މަރުގެ ތަހުގީގު ރިޕޯޓު ރައީސް ސޯލިހަށް އެރުވުމަށްފަހު މަރު ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް


މަރު ކޮމިޝަނުގެ ރިޕޯޓުތައް އާންމުވުމުން އެއް އަހަރަށް މަސައްކަތް މަޑުޖެހުނު

28 ޑިސެންބަރު 2022 - 17:31 0

ރައީސް ސޯލިހު އުފެއްދެވި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގީ ރިޕޯޓު އާންމުވުމުގެ ސަބަބުން އެ ކޮމިޝަނުގެ މަސައްކަތްތަކަށް އަހަރެއްހައި ދުވަހުގެ މެދުކެނޑުމެއް އައިކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަށްފަހު ރައީސް މީޑިއާތަކާ ބައްދަލުކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވޭތުވެދިޔަ ހަތަރު އަހަރު މަރުކޮމިޝަނުން ކުރި މަސައްކަތްތަކަށް އަލިއަޅުވާލައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް އެ ކޮމިޝަނުން އެމަނިކުފާނަށް ތިން ރިޕޯޓެއް އަރުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފަހުން ރައީސަށް ހުށަހެޅުއްވީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މަރުގެ ރިޕޯޓު ކަމަށެވެ.

"މި ރިޕޯޓާ ގުޅިގެން މިހާރުވެސް ތިން މީހަކަށް ދައުވާކޮށް ކޯޓުގައި މައްސަލަ މިހާރުވެސް ހިނގަމުން އެބަދޭ، އިތުރު ފަރާތްތަކަށް ދައުވާ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އެބަދޭ" ރައީސް ވިދާޅުވި އެވެ.

އެއާއެކު ރައީސް ފާހަގަކުރެއްވީ މަރު ކޮމިޝަނުން ތައްޔާރުކޮށްފައި އޮތް ޑްރާފްޓު ރިޕޯޓުތަކެއް އާންމުވުމުގެ ސަބަބުން ކޮމިޝަނުގެ މަސައްކަތަށް ބުރޫއަރައި އަހަރެއްހައި ދުވަހަށް ކޮމިޝަނުގެ މަސައްކަތް މަޑުޖެހުނު ކަމެވެ. އެގޮތުން އާންމުވި މައުލޫމާތުގެ ތެރޭގައި ސިއްރު ހެކިންގެ މައުލޫމާތު ހިމެނުމާއެކު ކޮމިޝަނަށް އެ ފަރާތްތަކުން ދެމުންދިޔަ އެއްބާރުލުން ކުޑަވިކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

މަރު ކޮމިޝަނުން ތަހުގީގު ރިޕޯޓުގެ ޑުރާފްޓު ރައީސް ސޯލިހަށް ހުށަހެޅުމާއެކު ރައީސް އޮފީހުން އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެވެ. ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގައިވެސް އެމަނިކުފާނުގެ އަތުގައި އެ ރިޕޯޓު އޮތް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު އެ ވިދާޅުވާ ގޮތަށް ޑްރާފްޓު ރިޕޯޓު އާންމުވީ އޭގެ ފަހުންކަން ފާހަގަ ކޮށްލެވެ އެވެ. އެހެންނަމަވެސް އެ ރިޕޯޓު ލީކުވީ ކިހިނެއްކަން ރައީސްގެ ވާހަކަފުޅުގައި ވިދާޅެއް ނުވެ އެވެ.