Advertisement

ކްރޮސްރޯޑްސްގެ ޓިކެޓިން ލައުންޖު، އާޓް ގެލެރީގައި ހުޅުވައިފި

27 ޑިސެންބަރު 2022 - 12:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

"އާޓް ގެލެރީ މާލެ" ގައި ހުޅުވި ކްރޮސްރޯޑްސް މޯލްޑިވްސްގެ ޓިކެޓިން ލައުންޖު ހުޅުވުމުގެ ހަފުލާގެ ތެރެއިން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ކްރޮސްރޯޑްސްގެ ޓިކެޓިން ލައުންޖު، އާޓް ގެލެރީގައި ހުޅުވައިފި

27 ޑިސެންބަރު 2022 - 12:13 0

ކްރޮސްރޯޑްސް މޯލްޑިވްސްގެ ޓިކެޓިން ލައުންޖު 'އާޓް ގެލެރީ މާލެ' ގައި މިއަދު ހުޅުވައިފި އެވެ. މިއަދު ހެދުނު ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ލައުންޖު ހުޅުވައިދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެވެ.

މި ހަފުލާގައި މިނިސްޓަރު މަހުލޫފުގެ އިތުރުން ކްރޮސްރޯޑްސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ އުނާން އާއި ކްރޮސްރޯޑްސްގެ އިސް އޮފިޝަލުންނާއި އެކި ކުންފުނިތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ. އެގޮތުން އެޗްޑީސީ އަދި އޫރިދޫ މޯލްޑިވްސްގެ އިސްވެރިން މިއަދުގެ ހަފުލާގަައި ބައިވެރިވެލެއްވި އެވެ.

ލައުންޖު ހުޅުވުމަށްފަހު ވާހަކަދައްކަވަމުން ކްރޮސްރޯޑްސްގެ އެމްޑީ ޓޮލްގާ ވިދާޅުވީ މިއީ މާލެއިން ކްރޮސްރޯޑްސްއަށް ދަތުރުކުރާ ފަރާތްތަކުން ފެރީގެ އިންތިޒާރުގައި ތިބޭ ތިބުމުގައި މިހާރަށްވުރެ ހިތްފަސޭހަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ގާއިމުކުރެވުނު ލައުންޖެއް ކަމަށެވެ. އަދި އާޓް ގެލެރީއެއްގައި މި ލައުންޖު ގާއިމުކުރެވުމަކީ ރާއްޖޭގެ ފަންނުވެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމެއް ކަން ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"އަހަރެއްގެ މައްޗަށް ކްރޮސްރޯޑްސްއަށް 200،000 އެއްހާ މީހުން ޒިޔާރަތްކުރޭ، މި ގެލެރީ ވެގެން މިދަނީ އޭގެ ތެރެއިން ގިނަ ބަޔަކު ޒިޔާރާތް ކުރާނެ ތަނަކަށް، އެހެންކަމުން މިތަން ވެގެންދާނީ ރާއްޖޭގެ އާޓިސްޓުންނަށް ލިބިގެންދާ މުޅިން އައު މާކެޓަކަށް" ޓޮލްގާ ވިދާޅުވި އެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ މި ލައުންޖު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެދުނު 10:30 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށެވެ. ދުވާލަކު މާލެއާއި ކްރޮސްރޯޑްސް އާ ދެމެދު ގިނަ އަދަދަކަށް ފެރީ ދަތުކުރާއިރު، ދެން މާލެއިން ފެރީ ފުރުމަށް ހަމަޖެހިފައިވަނީ މި ލައުންޖުގެ ކުރިމަތިންނެވެ.