Advertisement

65 ކުޅުންތެރިން ވާދަކުރާ ގައުމީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި

26 ޑިސެންބަރު 2022 - 11:13 0

60 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


65 ކުޅުންތެރިން ވާދަކުރާ ގައުމީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި

26 ޑިސެންބަރު 2022 - 11:13 0

އަހަރުގެ ފަހު ޓޭބަލް ޓެނިސް މުބާރާތް ކަމަށްވާ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ކުޅުން ފަށައިފި އެވެ.

މިއީ ޓޭބަލް ޓެނިހުގެ ތާރީހުގައި ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ މުބާރާތެވެ. މި އަހަރު މި ކުރިއަށްދަނީ ގައުމީ މުބާރާތްތައް ބާއްވަން ފެށި ފަހުން ކުރިއަށްދާ 60 ވަނަ މުބާރާތެވެ.

މި މަހުގެ 25-30 އަށް މާލޭ ޓޭބަލް ޓެނިސް ހޯލުގައި ކުރިއަށްދާ މުބާރާތުގައި މި އަހަރު 65 ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ތިން ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށް، 17 އަހަރުން ދަށް އަދި ފުރަތަމަ ޑިވިޝަނެވެ.

އިއްޔެ މުބާރާތުގެ ކުޅުން ފެށީ ޑަބަލްސް އަދި މިކްސް ޑަބަލްސް މެޗުތަކާ އެކުގަ އެވެ. އެ ގޮތުން 13 އަހަރުން ދަށާއި، 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑަބަލްސް ލީގު ބުރުގެ މެޗުތައް ކުޅުނުއިރު، 17 އަހަރުން ދަށުގެ މިކްސް ޑަބަލްސް އަދި ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ލީގު ބުރުގެ މެޗުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މުބާރާތުގެ ސިންގަލްސް ލީގު ބުރުގެ މެޗުތަކާއި ޓީމު އިވެންޓުގެ މެޗުތައް ބާކީ އެބައޮތެވެ.

މި އަހަރުގެ ގައުމީ ޓޭބަލް ޓެނިސް މުބާރާތަކީ ފަހަކަށް އައިސް އެންމެ ބޮޑު ތަރުހީބެއް ލިބުނު ޓީޓީ މުބާރާތެވެ. މި މުބާރާތުގައި ފުވައްމުލަކުގެ ޖޫނިއާ ޓީމެއް ވާދަކުރާއިރު، މިއީ ގައުމީ މުބާރާތުގައި މާލެއިން ބޭރުން ރަނގަޅު ތައްޔާރީތަކަކާ އެކު ޖޫނިއާ ކުޅުންތެރިން ވާދަކުރާ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ޖޫނިއާ ދެ އުމުރުފުރާ އަށް ބަލާއިރު 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި 22 ކުޅުންތެރިން ވާދަކުރެ އެވެ. އަދި އަންހެން ސިންގަލްސްގައި 20 ކުޅުންތެރިންއަކު ވާދަކުރާނެ އެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި 10 ކުޅުންތެރިން އަދި އަންހެން ސިންގަލްސްގައި 11 ކުޅުންތެރިއަކު ވާދަކުރާނެ އެވެ.

ފުރަތަމަ ޑިވިޝަނަށް ބަލާއިރު ފިރިހެން ސިންގަލްސްގައި ވަދަކުރަނީ 13 ކުޅުންތެރިންނެވެ. އަދި މި ޑިވިޝަންގެ އަންހެން ސިންގަލްސްގައި ވާދަކުރަނީ 10 ކުޅުންތެރިންނެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފައިނަލްތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވާ ހުކުރު ދުވަހު އެވެ.