Advertisement

ޔުނައިޓަޑުން ރަޝްފޯޑްގެ ކޮންޓުރެކްޓް އާކޮށްފި

26 ޑިސެންބަރު 2022 - 10:28 0


ޔުނައިޓަޑުން ރަޝްފޯޑްގެ ކޮންޓުރެކްޓް އާކޮށްފި

26 ޑިސެންބަރު 2022 - 10:28 0

މެންޗެސްޓާ (ޑިސެމްބަރު 26) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ އިންގްލެންޑްގެ ފޯވަޑް މާކަސް ރަޝްފޯޑްގެ ކޮންޓުރެކްޓް އެ ކްލަބުން އާކޮށްފި އެވެ.

ޔުނައިޓެޑުން ރަޝްފޯޑް، 25، ކޮންޓުރެކްޓް އާކުރުމާ އެކު، އެ ކްލަބުގައި އޭނާ 2024 ވަނަ އަހަރާ ހަމައަށް މަޑުކުރާނެ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ޔުނައިޓަޑްގެ ކޮންޓުރެކްޓް ރަޝްފޯޑް އާކުރީ ހަފުތާއަކު 250،000 ޕައުންޑް (300،000 ޑޮލަރު) ގެ މުސާރަ އަކަށެވެ. އަދި މީގެ އިތުރުން ބޯނަސްތައް ވެސް ހިމެނެވެ. އަދި މި މުސާރައާ އެކު، ރަޝްފޯޑަކީ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާރު ކުޅޭ އެންމެ މުސާރަ ބޮޑު އިނގިރޭސި ކުޅުންތެރިޔާ އެވެ.

ޔުނައިޓަޑްގެ ޔޫތު އެކެޑަމީން ނުކުތް ރަޝްފޯޑް ވަނީ މި އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެފަ އެވެ.

ޔުނައިޓަޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ މުސްތަގުބަލަށް ވިސްނައިގެން ޓީމެއް ބިނާކުރުމަށް ޔުނައިޓެޑުން މަސައްކަތް ކުރާއިރު، ރަޝްފޯޑް ކަހަލަ ކުޅުންތެރިން ކްލަބްގައި މަޑުކުރަން ނިންމުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މި ކުޅުންތެރިންނާ އެކު ކުރިއަށް ދާން އަހަރަމެން ބޭނުންވަނީ،" ޓެން ހާގް ބުންޏެވެ.

މީގެ އަށް ވަރަކަށް އަހަރު ކުރިން، ޔުނައިޓެޑްގެ ފުރަތަމަ ޓީމުން ޖާގަ ހޯދި ރަޝްފޯޑަކީ މިހާރު އެ ކްލަބްގެ ސީނިއާ ކުޅުންތެރިއެކެވެ. ޓީމުގެ ފުރަތަމަ އެގާރައިގައި ވެސް ގިނަ މެޗުތަކެއް ކުޅެފައިވާ ރަޝްފޯޑަށް ޔުނައިޓެޑްގެ ފުރަތަމަ ޓީމުން އަލަށް ފުރުސަތު ދިނީ ލުއީ ވެން ހާލް އެ ޓީމަށް ކޯޗުކޮށްދިންއިރު އެވެ.

ރަޝްފޯޑް ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 323 މެޗުން 102 ގޯލު ޖަހައި، 62 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ވޯލްޑް ކަޕްގް ބްރޭކަށް ފަހު ޔުނައިޓެޑް، ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެ ރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް އެ ޓީމު ނުކުންނާނެ އެވެ.