Advertisement

ވޯލްޑް ކަޕްގައި ކުޅުނު ޓޮޓެންހަމް ކުޅުންތެރިންނަށް ލުޔެއް ދޭން ކޮންޓޭ ނިންމައިފި

26 ޑިސެންބަރު 2022 - 07:11 0


ވޯލްޑް ކަޕްގައި ކުޅުނު ޓޮޓެންހަމް ކުޅުންތެރިންނަށް ލުޔެއް ދޭން ކޮންޓޭ ނިންމައިފި

26 ޑިސެންބަރު 2022 - 07:11 0

ލަންޑަން (ޑިސެމްބަރު 26) - ގަތަރުގައި މިދިޔަ މަހުގެ 20 އިން މި މަހުގެ 18 ވަަނަ ދުވަހާ ހަމައަށް ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ޓޮޓެންހަމް ހޮޓްސްޕާސްގެ ކުޅުންތެރިން ކުރިއަށް ހުރި މެޗުތަކުގައި ބޭނުންކުރުމާ މެދު ލުއި ގޮތްތަކެއް ވިސްނާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ބްރޭކަށް ފަހު، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް މިއަދު ފަށާނެ އެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ވޯލްޑް ކަޕްގެ މެދުކެނޑުމަށް ފަހު، ވަރުގަދަ ފަސް ލީގުގެ ތެރެއިން އެންމެ އަވަހަށް ލީގު ފަށާ ގައުމަކީ އިންގްލެންޑް އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ޓޮޓެންހަމްގެ ކުޅުންތެރިން ހިމެނޭ ގައުމުތައް ކަމަށްވާ ޑެންމާކް، އުރުގުއޭ އަދި ވޭލްސް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ޓޮޓެންހަމްގެ ކުޅުންތެރިން ކުޅުނު ދެކުނު ކޮރެއާ، އިންގްލެންޑް، ސެނެގާލް އަދި ބްރެޒިލް ވަނީ ސެމީގެ ކުރިން ކަޓައިފަ އެވެ. ޓޮޓެންހަމްގެ އިވާން ޕެރިސިޗް، ތިން ވަަނަ ހޮވާ މެޗުގައި ކްރޮއޭޝިއާ އަށް ކުޅުނުއިރު، ފައިނަލުގައި ފްރާންސް ޓީމަށް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އަދި އާޖެންޓީނާ އަށް ކުޅޭ ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ވަނީ ކުޅެފަ އެވެ.

"ވޯލްޑް ކަޕްގައި ކުޅުނު ކުޅުންތެރިއަކަށް އެކަށީގެންވާ ވަރަށް ވަގުތު ނުލިބި އައިސް އަނެއްކާ ކުޅެން ފަށަން އުނދަގޫވާނެ. ގައުމީ ޓީމުގެ ބޮޑު މުބާރާތަކުން އައިސް، 10 ދުވަސް ތެރޭ އަނެއްކާ ކްލަބްގައި އެންމެ ރަނގަޅު ލެވަލްގައި ކުޅެން އުނދަގޫވާނެ،" ބްރެންޓްފޯޑާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ކޮންޓޭ ބުންޏެވެ.

"އަހަރެންގެ ވިސްނުމަކީ ވޯލްޑް ކަޕްގައި ކުޅުނު ހުރިހާ ކުުޅުންތެރިން ވެސް ރަނގަޅު ފިިޒިކަލް ކަންޑިޝަނަށް އަންނަންދެން މެޗުތަކުގައި ބޭނުން ކުރެވޭ މިންވަރަކަށް އެކަން ކުރުން. އަވަސް އަރުވާލައިގެން ކުޅުންތެރިންނަށް ޕްރެޝަރު ކުރަން ނެތިން،"

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބްރެންޓްފޯޑާ ދެކޮޅަށް ޓޮޓެންހަމް އިން ނެރޭ ޓީމުގައި ވޯލްޑް ކަޕްގައި ކުޅުނު އެއްވެސް ކުުޅުންތެރިއަކު ނުހިމެނުމުގެ ފުރުސަތު ބޮޑެވެ. އެެކަމާ ބެހޭގޮތުން ސުވާލުކުރުމުން ކޮންޓޭ ބުނީ ޔަގީނުން ވެސް ގިނައިން ފެންނާނީ ވޯލްޑް ކަޕަށް ނުދާ ކުޅުންތެރިން ކަމަށެވެ.

ކޮންޓޭ ނިންމާފައިވަނީ ބްރެންޓްފޯޑް މެޗަށް ފަހު ކުޅުންތެރިން އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ފުރުސަތު ދިނުމަށެވެ.

ލީގުގައި ކުޅުނު 15 މެޗުން 29 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތީ ހަތަރު ވަނައިގަ އެވެ. ބްރެންޓްފޯޑް، 10 ވަނައިގައި އޮތީ 15 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމުން ރަށުންބޭރުގައި ބްރެންޓްފޯޑާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 17:30 ގަ އެވެ.