Advertisement

ކުދިންނަށް ދަސްކޮށްދޭން ޖެހެނީ ފުންކޮށް، ފުޅާކޮށް ވިސްނުމުގެ ހުނަރު: މިނިސްޓަރު

25 ޑިސެންބަރު 2022 - 11:15 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

އެޑިއުކޭޝަން މިނިސްޓަރު ޑރ، އާއިޝަތު އަލީ


ކުދިންނަށް ދަސްކޮށްދޭން ޖެހެނީ ފުންކޮށް، ފުޅާކޮށް ވިސްނުމުގެ ހުނަރު: މިނިސްޓަރު

25 ޑިސެންބަރު 2022 - 11:15 0

ކުދިންނަށް ދަސްކޮށްދޭން ޖެހެނީ ފުންކޮށް، ފުޅާކޮށް ވިސްނުމުގެ ހުނަރު ކަމަށާއި މީހަކަށް ފުންކޮށް ފުޅާކޮށް ވިސްނޭނީ އޭނާއަށް އެނގޭ މައުލޫމާތުގެ މިންވަރަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކެޝަނުން ބާއްވާ ހަ ވަނަ "އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ބަދަލާއެކު ކުދިން ގިނަ މައުލޫމާތުތަކެއް ހޯދާ ކަމަށެވެ.

އެގޮތުން ތިމާގެ ޝައުގުވެރިކަން ހޯދުމަށް ތަފާތު މައުލޫމާތާއި މަންޒަރުތައް ވާދަކުރަމުންދާއިރު، ދަރިވަރުންގެ ގައިގައި ވަކި ސިފަތަކެއް އަށަގަންނުވަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތައުލީމީ ބައެއް މުފައްކިރުންގެ ނަޒަރަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ސިނާއީ ހަތަރުވަނަ އިންގިލާބަށް މުހިންމު ވަނީ ވިސްނުމުގެ ހުނަރުތަކާއި އިންސާނާގެ ޝަހުސީ ސިފަތައް ކަމަށެވެ. އެގޮތުން ލިޔަންކިޔަން ދަތުމާއި، ހިސާބުގެ ހުނަރުގެ އިތުރުން ފެންނަ މަންޒަރުތަކާއި އަޑުތަކާއި އިވޭ އަޑުތައް ބުއްދީގެ ތަރާދުން ވަޒަންކޮށް ބަލައިގަތުމުގެ ހުނަރު ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް މި އަހަރު ބާއްވާފައި ވަނީ ހދ. ކުޅުދުއްފުށީގަ އެވެ. މި ކޮންފަރެންސްގައި ގައި އެކި ގައުމުތަކުން 250 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން އެންއައިއީން އިންތިޒާމު ކުރާ މިކޮންފަރެންސަކީ ޓީޗަރުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމްކޮށް އިލްމީ މަސައްކަތް ކުރާ ބަޔަކަށް ރާއްޖެ ހުޅުވާލުމަށް ކުރިއަށް ގެންދާ ކޮންފަރެންސް އެކެވެ.