Advertisement

އިސްލާމިކް ފައިނޭންސިންއާ ގުޅޭ ފޯމަރެއް އެމްއެމްއޭއިން ބާއްވައިފި

20 ޑިސެންބަރު 2022 - 16:59 0

އެމްއެމްއޭއިން ބޭއްވި ޝަރީއާ ފޯރަމްގެ ތެރެއިން---


އިސްލާމިކް ފައިނޭންސިންއާ ގުޅޭ ފޯމަރެއް އެމްއެމްއޭއިން ބާއްވައިފި

20 ޑިސެންބަރު 2022 - 16:59 0

ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ އަށް ދިމާވާ ގޮންޖެހުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް "ޝަރީއާ ސްކޮލާސް"ގެ ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ފޯރަމެއް ބާއްވައިފި އެވެ.

ރާއްޖޭގައި ހިދުމަތްދޭ ހުރިހާ އިސްލާމިކް ފައިނޭންޝަންލް އިންސްޓިޓިއުޝަންތަކުން ބައިވެރިވި މި ފޯރަމްގައި އެކަމަށް އެމްއެމްއޭ ޝަރިއާ ކައުންސިލްއާ ކުރަން ބޭނުންވާ ސުވާލުތައް ކޮށް، ދާއިރާ އާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށްފައިވެ އެވެ.

އަދި، އިސްލާމިކް ފައިނޭންސިން ރާއްޖޭގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ މެދު ވެސް މަޝްވަރާ ކޮށްފައިވެ އެވެ.

ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެމްއެމްއޭގެ ޕޮލިސީތައް ބައްޓަންކޮށްފައި ހުންނާނީ އިސްލާމިން ފައިނޭންސް އިންސްޓިޓިއުޝަންތަކަށް ވެސް އެހެން ފަރާތްތަކާ ވާދަ ކުރެވޭނެހެން ފަހި ގޮތަކަށް ކަމަށެވެ.

އަދި މި ފޯރަމްގައި ލިބޭ ހިޔާލާއި މަޝްވަރާއާއެކު ޕޮޒިޓިވް ބަދަލުތަކެއް ގެނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.