ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ބިލު ތަސްދީގުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށެއްގެ ކުނިކޮށި ބައްލަވާލައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށެއްގެ ކުނިކޮށި ބައްލަވާލައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ކުނި މެނޭޖުކުރުމާ ބެހޭ ބިލު ތަސްދީގު ކުރެއްވީ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ތަސްްދީގުނުކުރުމަށް ގިނަ ޖަމިއްޔާތަކުން ގޮވާލާފައިވަނިކޮށެވެ.

މި ގާނޫނަށް އަމަލު ކުރަން ފަށާތާ ހަތަރު މަސް ހަމަވާ ދުވަހުން ފެށިގެން، ކޮންމެ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގައި، ކަސްޓަމަރަށް ދޫކުރާ އިންވޮއިސްގައި ފީގެ އަދަދު އެނގޭނެހެން ހިމަނަންޖެހެ އެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފެށި ނަމަވެސް ބައެއް ހާލަތްތަކުގައި އިސްތިސްނާ ވާނެ އެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކްސް އިސްތިސްނާ ވާ ހާލަތްތައް:

  • ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅާ ކޮތަޅު
  • ޑިއުޓީ ފްރީން ވިއްކާ ކޮތަޅު
  • ކުނީގެ ހިދުމަތް ދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު

ޓެކްސް ނެގުމުގައި އަމަލު ކުރަން ޖެހޭ ގަވައިދު، ގާނޫނު ތަންފީޒު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެ އެވެ.

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފު ވެއްޖެނަމަ، 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މި ގޮތުން ނެގޭ ޖޫރިމަނާތައް ޖަމާކުރަން ޖެހޭނީ "މޯލްޑިވްސް ގްރީން ފަންޑް" އަށް ކަމަށް ބުނެ، ކޮމިޓީން ވަނީ މާއްދާއެއް އިތުރުކޮށްފަ އެވެ.

މީގެ އިތުރުން ވެސް މި ބިލުގައި ވަނީ ކުނި މެނޭޖުކުރަން ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ހިންގާނެ ގޮތް ބަޔާން ކޮށް، އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލައި، ކޮންމެ ފަސް އަހަރަކުން މުރާޖައާ ކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

އަލަށް އެކުލަވާލެވުނު ބިލުގައި ރަނގަޅު ގިނަ ކަންކަން ހުރި ނަމަވެސް، ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ކުނި އެތެރެކުރުމުގެ ހުއްދަ ދިނުމާ ގުޅިގެންނެވެ. މިއީ ބިލުގެ ކޮމިޓީ މަރުހަލާގައި ގެނައި ބަދަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox