Advertisement

މުބާލް، 200 މީޓަރު މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާ ކޮށްފި

14 ޑިސެންބަރު 2022 - 08:57 0

މުބާލް މި އަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި ފަތަނީ.


މުބާލް، 200 މީޓަރު މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާ ކޮށްފި

14 ޑިސެންބަރު 2022 - 08:57 0

މިހާރު ކުރިއަށްދާ 16 ވަނަ ފީނާ ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ސްވިމިން ޓީމުގައި ހިމެނޭ، މުބާލް އައްޒާމް އިބްރާހިމް، ރާއްޖޭގެ ފެތުމުގެ 200 މީޓަރު މެޑްލޭ އިވެންޓްގެ ގައުމީ ރެކޯޑް އާ ކޮށްފި އެވެ.

މުބާލް، ރެކޯޑް އާ ކުރީ މިހާރު އޮސްޓްރޭލިއާގައި ކުރިއަށްދާ ފީނާ ސްވިމިން ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ ޝޯޓްކޯސް، 200 މީޓަރު މެޑްލޭ އިވެންޓް، 02.19.77 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓްގެ ރެކޯޑް އެންމެ ފަހުން ވެސް އޮތީ މުބާލް އަތުގަ އެވެ.

އެންމެ ފަހުން، މުބާލް، 200 މީޓަރު މެޑްލޭ އިވެންޓްގެ ރެކޯޑް ހެދީ 2019 ވަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގައި ކުރިއަށްދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރު، ކަތުމަންޑޫ އެކުއަޓިކް ސެންޓަރުގައި ކުރިއަށްދިޔަ ޝޯޓްކޯސް، 200 މީޓަރު މެޑްލޭ އިވެންޓް، މުބާލް ފުރިހަމަކުރީ 02.26.27 އިންނެވެ.

މުބާލްގެ އިތުރުން ރާއްޖޭގެ ގައުމީ ތިން ފެތުންތެރިއަކު، މި ފަހަރުގެ ފީނާ ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކުރެ އެވެ. އެއީ ހަމްނާ އަހުމަދު، އައިޝަތު ސައުޝަން އަދި މުހައްމަދު ރިހާން ޝިހާމް އެވެ.

ރާއްޖޭގެ ފެތުމުގެ ގައުމީ ސްކޮޑުގައި މި ވަގުތު ހުރި ސީނިއާ ފެތުންތެރިންގެ ތެރޭގައި މުބާލް ހިމެނެ އެވެ. ފާއިތުވި އަށް ވަރަކަށް އަަހަރަށް ބަލާއިރު، މުބާލް ވަނީ ގައުމީ ފެތުންތެރިންގެ ސްކޮޑުގައި ހިމެނިގެން ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް، ރަނގަޅު ވަނަތަކެއް ވެސް ހޯދައިފަ އެވެ.

މުބާލް ވަނީ މިދިޔަ ޖުލައި މަހާއި އޮގަސްޓް މަހު، އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފަ އެވެ. މިިދިޔަ އަހަރު ޖަޕާންގެ ޓޯކިޔޯގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ވެސް މުބާލް ވާދަކޮށްފައިވާއިރު، އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލީ، މުބާލް އާއި ގައުމީ ބެޑްމިންޓަން ކުުޅުންތެރިޔާ، ފާތިމަތު ނަބާހާ އެވެ.