Advertisement

ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މީހަކު ތުޅާދޫއިން ހައްޔަރުކޮށްފި

4 ޑިސެންބަރު 2022 - 22:56 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މައްސަލައިގައި ހައްޔަރުކުރި މީހާ ފުލުހުންގެ ލޯންޗަށް އަރުވަނީ -- ފޮޓޯ: ކިޔުންތެރިއެއް


ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މީހަކު ތުޅާދޫއިން ހައްޔަރުކޮށްފި

4 ޑިސެންބަރު 2022 - 22:56 0

ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބަޔަކު ބްލެކްމެއިލް ކުރި މައްސަލައެއްގައި ބ. ތުޅާދޫއިން މީހަކު ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.

އެ ރަށުން "އަދަދު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެ ވީޑިއޯތައް ބޭނުންކޮށްގެން އެމީހާ ބްލެކްމެއިލް ކޮށްފައިވަނީ ދެމަފިރިއެކެވެ. އެގޮތުން ހައްޔަރުކުރި މީހާ ބުނާ ވަރަކަށް ފައިސާ ނުދީފިނަމަ ވީޑިއޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދައްކާފައިވެ އެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްގެން ލޯންޗެެއްގައި މިރޭ 8:15 ހާއިރު ތުޅާދޫއިން ގެންގޮސްފައިވާ ކަމަށް ވެސް އެ ރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.

މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.