Advertisement

އަނެއްކާ ވެސް ޗުއްޓީ، ތައްޔާރުތަ؟

9 ޑިސެންބަރު 2022 - 08:10 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަޔަކު ފުރުމަށް ތައްޔާރުވެގެން -- ފޮޓޯ: އަދަދު


އަނެއްކާ ވެސް ޗުއްޓީ، ތައްޔާރުތަ؟

9 ޑިސެންބަރު 2022 - 08:10 0

އަހަރު ފަހުކޮޅުގެ ޗުއްޓީ އަނެއްކާ ވެސް ބޯމަތިވީއެވެ. ދާނެ ތަންތަން ބައިވަރެވެ. ތަފާތު އެއާލައިންތައް ރާއްޖެއަށް ދަތުރުތައް ފަށާ، އެކި މަންޒިލްތަކަށް ދެވޭނެ މަގުތައް ވެސް ފަހިވާން ފަށައިފި އެވެ. އެހެންކަމުން މިފަހަރު ދާނީ، ކުރިން ނުދާ މަންޒިލަކަށް ހެއްޔެވެ؟ އަވަހަށް ދަތުރު ރާވަން ފަށާށެވެ.

ދަތުރެއް ރޭވުމުގައި ގެންދާނެ ތަކެއްޗާއި ކުރާނެ ކަންކަމާއި ބަލާލަން ޒިޔާރަތް ކޮށްލާނެ މަންޒިލްތަކުގެ ލިސްޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމުގައި އަވަދިނެތި އުޅޭ އިރު، ދަތުރުގެ ރައްކާތެރިކަން ވެސް ރާވާލާ ހަމަޖައްސާލުމަކީ ވަރަށް ބުއްދިވެރި ގޮތެކެވެ. އަޔާދީ ތަކާފުލްގެ ޓްރެވަލް ޕްލޭނަކީ އެ ރައްކާތެރިކަން ހޯދޭނެ އެންމެ ފަސޭހަ މަގެވެ.

ބޭރު ގައުމަކަށް ދަތުރު ގޮސް އުޅޭ އިރު ތިބެން ވާނީ ކުރިން އަންދާޒާ ނުކުރާ ފަދަ ކަންކަމަށް ވެސް ތައްޔާރުވެގެންނެވެ. މިސާލަކަށް، ދަތުރުގައި ގެންދާ ތަކެތި ނުވަތަ ޕާސްޕޯޓު ގެއްލިއްޖެ ނަމަ މުޅި ދަތުރު "ފަނިވީ" އެވެ. ފްލައިޓު ޑިލޭވުން ނުވަތަ ފްލައިޓު ކެޓުމަކީވެސް ގެއްލުމަކަށް ވާނެއެވެ. ޗުއްޓީ ދަތުރުގައި އުޅެނިކޮށް އަނިޔާއެއް ނުވަތަ ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަން ޖެހުން ވާނީ ކުރަން ޖެހޭ އިތުރު ހަރަދަކަށެވެ. އަދި ދަތުރު ރާވައި، ދަތުރަށް ތައްޔާރުވެގެން ތިއްބާ ދިމާވާ ހާލަތަކާއި ގުޅިގެން ދަތުރު ކެންސަލް ވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ.

އަޔާދީގެ ޓްރެވަލް ޕްލޭނުގައި މި ހުރިހާ ހާލަތަކަށް ރައްކާތެރިކަން ލިބޭނެ ގޮތްތަކެއް ހިމެނެއެވެ. މިއިން ކޮންމެ ހާލަތެއް މެދުވެރިވެއްޖެ ނަމަވެސް އެކަމުގެ މާލީ ބުރަ އުފުލަން ނުޖެހޭނެ ގޮތެކެވެ. މި ހާލަތްތަކުން ދިމާވާ މަލީ ގެއްލުމުގެ ބަދަލެވެ.

އެލައިޑްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް، ޗުއްޓީއަށް ދާ ގައުމާއި ދަތުރުގެ މުއްދަތާއި ދަތުރުގެ ބައިވެރިންގެ މައުލޫމާތު ޖަހާލުމުން، އެ މަންޒިލަކަށް އެންމެ އެކަށޭނަ ޓްރެވަލް ޕްލޭނެއް ދައްކައިދޭނެ އެވެ. އަޔާދީގެ ޓްރެވަލް ޕްލޭނުގައި ހިމެނެނީ ތިން ގިންތިއެކެވެ. އެއީ އޭޝިއާގެ ހުރިހާ ގައުމެއް ހިމެނޭ ކޮންޓިނެންޓަލް، އެމެރިކާއާއި ކެނެޑާ ފިޔަވާ ހުރިހާ ގައުމެއް ހިމެނޭ، އެލީޓް އަދި ދުނިޔޭގެ ހުރިހާ ގައުމެއް ހިމެނޭ، ވޯލްޑުވައިޑް ގިންތިއެވެ. މިއިން ކޮންމެ ގިންތިއެއްގައި ކުރިން ދެންނެވި ހާލަތްތަކުގެ އިތުރުން އެހެނިހެން ހާލަތްތައް ދިމާވެގެން އުފުލަންޖެހޭ މާލީ ބުރައަށް ބަދަލު ލިބޭނެ އެވެ. އެ ތަފްސީލުތައް އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ. މިއީ ޖީބަށް ލުއި، އަދި ބައްލަވައިގަންނަވަން ވެސް ފަސޭހަ ޕްލޭންތަކެކެވެ.

ޕްލޭނުގައި ހިމެނޭ ކަންކަމުގެ އިތުރުން، ބޭނުންފުޅު ނަމަ އިތުރު ކަވަރޭޖުތަކެއް ޕްލޭނަށް އިތުރުކުރުމުގެ ފުރުސަތު ވެސް އަޔާދީގެ ޓްރެވަލް ތަކާފުލްއިން ލިބޭނެ އެވެ. އެގޮތުން ދަތުރުގައި ގެންދާ ނަގުދު ފައިސާ ގެއްލުން، ވިންޓަ ސްޕޯޓްސް އަދި ގޮލްފު ފަދަ ކުޅިވަރުތައް ކުޅެން ރާވާފައިވާ ޕްލޭންތައް ކެންސަލް ވުން، ސިޔާސީ ހަމަނުޖެހުމެއް ނުވަތަ ގުދުރަތީ ކާރިސާއަކާ ގުޅިގެން ސަލާމަތުގެ އައްސޭރިއަށް ދާންޖެހުން، ނުވަތަ ކޮވިޑު ޖެހިގެން ކުރަންޖެހޭ ސިއްހީ ފަރުވާއާއި ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީއެއްގައި ދުވަސް ހޭދަކުރަން ޖެހުން ފަދަ ކަންކަން ޕްލޭނަށް އިތުރުކުރެވިދާނެ އެވެ.

ނިޔާމަ އަދި ރައްކާތެރި ޗުއްޓީއެއް ހޭދަކޮށްލުމަށް، ދަތުރުގެ ޕްލޭންގައި އަޔާދީގެ ޓްރެވަލް ޕްލޭނެއް ކޮންމެހެން ވެސް ހިމަނާލަންވާނެ އެވެ.

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލް އަކީ އިސްލާމީ ޝަރީއާގެ އާސާސްތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.