Advertisement

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ 10 ސައިކަލް ހިލޭ ދެނީ

30 ނޮވެންބަރު 2022 - 10:24 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ލޮޓަސް ފިހާރައިގެ ސީއެސްއާރުގެ ދަށުން ދޫކުރުމަށް ނިންމާފައިވާ ސައިކަލުތައް -- ފޮޓޯ: އާއްޓޭ


ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ 10 ސައިކަލް ހިލޭ ދެނީ

30 ނޮވެންބަރު 2022 - 10:24 0

ލޮޓަސް ފިހާރައިގެ މައި ކުންފުނި، ސީނިއާ އިންޓަނޭޝަނަލްގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ 10 ސައިކަލު ހިލޭ ދޫކުރުމަށް ނިންމައި، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެކަން އިއުލާނުކޮށްފައި ވަނީ މީސްމީޑިއާގައި އެ ކުންފުނީގެ ވެރިޔާ، އަހުމަދު އާރިފް (އާއްޓޭ) ކޮށްފައިވާ ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައި ވަނީ އެ ސައިކަލުތަކަށް މިހާރު އޯޑަރުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދެމަހެއްހައި ދުވަހުގެ ތެރޭގައި އެ އެއްޗެހި ލިބޭނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ސީނިއާ އިންޓަނޭޝާނަލްގެ މެނޭޖަރު، ލުބްނާ ހުސެއިން ވިދާޅުވީ އެ ކަމަކީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ އާންމު އިޖްތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ ހަދިޔާއެއް ކަމަށާއި އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައި އެ ކުންފުނިން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ލޮޓަސް ފިހާރައިގެ ވެރިޔާ، އަހުމަދު އާރިފް ވަނީ މި ފަހުން ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިކަމަށް ޝަައުގުވެރިކަން ހުރި ފަރާތްތަކުން، ޑޮކްޓަރުގެ ލިޔުންތަކާއެކު ކާކުކަން އެނގޭނެހެން، ވަނަވަރާ އެކު ފަރީދީ މަގުގައި ހުންނަ ލޮޓަސް ފިހާރައިގެ ކައުންޓަރަށް ނުވަތަ [email protected] އަށް މެއިލް ކޮށްގެން ވެސް ސައިކަލުތަކަށް އެދި ހުށަހެޅޭނެ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު 3346617 އިން ލިބޭނެ އެވެ.