Advertisement

ޓާޝަރީ ފެންވަރަށް ތަރައްގީކުރާ އުނގޫފާރު ހޮސްޕިޓަލުގެ އާ އިމާރާތް ނިމިއްޖެ

29 ނޮވެންބަރު 2022 - 20:44 0

ހޮސްޕިޓަލުގެ އާ އިމާރާތް ހަވާލުކުރުމުގެ ތެރެއިން-- ފޮޓޯ: ހެލްތް މިނިސްޓްރީ


ޓާޝަރީ ފެންވަރަށް ތަރައްގީކުރާ އުނގޫފާރު ހޮސްޕިޓަލުގެ އާ އިމާރާތް ނިމިއްޖެ

29 ނޮވެންބަރު 2022 - 20:44 0

ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އާ އިމާރާތުގެ އަމަލީ މަސައްކަތް ނިންމައި ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ގެނައުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގަ އެވެ.

ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އިމާރާތުގެ ތިރީބައިގައި 10 އެނދުގެ އެމަޖެންސީ ޔުނިޓެއް، ރޭޑިއޮލޮޖީ ޑިޕާރޓްމަންޓުގައި އަލްޓްރާ ސައުންޑް ސްކޭން ކުރަން ދެ ކޮޓަރި، އެކްސްރޭ ނެގުމަށް ހާއްސަ ދެ ކޮޓަރި، ސީޓި ސްކޭނު ކޮޓަރިއެއްގެ އިތުރުން އެމްއާރްއައި ކޮޓަރިއެއް ހުންނާނެ އެވެ.

އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ކަށީގެ ސާޖަރީ ތަކަށް ހާއްސަ އޮޕަރޭޝަން ތިއޭޓަރަކާއި އެހެނިހެން ހާއްސަ ތިއޭޓަރެއް ހުންނާނެ އެވެ.

އާ އިމާރާތުގައި ގާއިމްކޮށްފައިވާ ލެބޯރިޓީއަކާއި ޕިޒިއޯތެރަޕީ ޑިޕާޓްމެންޓު ބޭނުން ކުރަން ފެށުމުން އެ ހިދުމަތްތައް ވެސް ފުޅާ ވެގެން ދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން، 80 މިލިއަން ރުފިޔާގެ މި އާ އިމާރާތުގައި 10 ކޮޓަރީގެ ޕްރައިވެޓު ވޯޑެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް އެ ތަނުގެ ޓެރަސްގައި ވަނީ މި ޕްރޮޖެކްޓްގައި ހިމަނައިގެން 310 ކިލޯވޮޓްގެ ސޯލާޕެނަލް ވެސް ހަރުކޮށްފަ އެވެ.