Advertisement

މާސްކް ނާޅައި ވޯލްޑް ކަޕް ބަލަން ތިބޭ މަންޒަރު ޗައިނާގެ ޓީވީއިން ސެންސަރު ކުރަނީ

28 ނޮވެންބަރު 2022 - 09:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގަތަރުގެ ސްޓޭޑިއަމެއްގައި އެ ގައުމުގެ ސަޕޯޓަރުން މާސްކު ނާޅައި އުފާ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ


މާސްކް ނާޅައި ވޯލްޑް ކަޕް ބަލަން ތިބޭ މަންޒަރު ޗައިނާގެ ޓީވީއިން ސެންސަރު ކުރަނީ

28 ނޮވެންބަރު 2022 - 09:55 0

މިހާރު ގަތަރުގައި ކުރިއަަށްދާ ފީފާ ވޯލްޑްކަޕް މެޗުތަކުގެ ތެރެއިން ސަަޕޯޓަރުން މާސްކު ނާޅައި ދަނޑުގައި ތިބޭ މަންޒަރުތައް ޗައިނާގެ ދައުލަތުގެ ޓީވީއިން ސެންސަރު ކުރަން ފަށައިފި އެވެ.

މާސްކު ނާޅައި ސަޕޯޓަރުން ތިބޭ މަންޒަރުތަކުގެ ކްލޯޒްއަޕް ޝޮޓު ދެއްކުން ހުއްޓާލީ، މާސްކު ނާޅައި މީހުން އުޅޭ މަންޒަރު ފެނި ޗައިނާގައި އާއްމުންގެ ހިތްހަމަނުޖެހުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

ޗައިނާއިން ގެންގުޅޭ ޒީރޯ ކޮވިޑް ސިޔާސަތުގެ ދަށުން އެ ގައުމުގައި އަދިވެސް ދަނީ ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް ތަންފީޒުކޮށް، އާއްމު ދިރިއުޅުމަށް ހުރަސް އަޅަމުންނެވެ.

އެގޮތުން އެތައް މިލިއަން މީހުން ލޮކްޑައުންކޮށް، މަޖުބޫރުން ކަރަންޓީނުކޮށް، ދަތުރު ކުރުމަށް ހުރަސް އަޅައި، މާސްކު އެޅުން މަޖުބޫރު ކުރުން ފަދަ އެތައް ކަމެއް އަދިވެސް ދަަނީ ހަރުކަށިކޮށް ތަންފީޒު ކުރަމުންނެވެ.

ފީފާ ވޯލްޑްކަޕް ފެށުމާ އެކު، ޓީވިން މެޗު ބެލި ޗައިނާގެ ގިނަ މީހުން ވަނީ ސަރުކާރުގެ ސިޔާސަތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް "ޗައިނާ އޮތީ ދުނިޔޭގައިތޯ" ސުވާލު އުފައްދައި ހުޅުވާލާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

ވީޗެޓް މެސެޖިން އެޕްގައި އެ ސިޓީ ދައުރުވާން ފެށުމުން، ރެގިއުލޭޓަރީ އިދާރާއިން އެ ސިޓީ ދައުރު ކުރުން ހުއްޓުވި އެވެ.