Advertisement

ކޮވިޑް ފިޔަވަޅުތަކާ ދެކޮޅަށް ޗައިނާގައި މުޒާހަރާ ހޫނުވެއްޖެ

27 ނޮވެންބަރު 2022 - 11:44 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މުޒާހަރާ ހޫނުވީ އަލިފާނުގެ ހާދިސާއެއްގައި 10 މީހުން މަރުވުމާ ގުޅިގެން. -- ފޮޓޯ: ބީބީސީ


ކޮވިޑް ފިޔަވަޅުތަކާ ދެކޮޅަށް ޗައިނާގައި މުޒާހަރާ ހޫނުވެއްޖެ

27 ނޮވެންބަރު 2022 - 11:44 0

ޗައިނާގެ އުރުމްގީގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 މީހުން މަރުވުމާ އެކު އެ ގައުމުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން އަަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާ ހޫނުވެއްޖެ އެވެ.

ބޭރުގެ ނޫސްވެރިން އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަނީ ޝަންހާއީ ސިޓީގެ މަގުތަކުގައި އެތައް ހާސް އާއްމުން މުޒާހަރާ ކުރާ މަންޒަރެވެ. އޭގެ ތެރެއިން ބައެއް މީހުން ގޮވަމުން ދިޔައީ ރައީސް ޝީ ޖިންޕިންގެ އިސްތިއުފާ އަށެވެ.

އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވީ ކޮވިޑް ކޮންޓްރޯލް ކުރަން ކަމަށް ބުނެ އާއްމުން ދިރިއުޅޭ އިމާރާތްތައް ލޮކްޑައުން ކުރާތީ ކަމަށް ބައެއް މީހުން ދެކެ އެވެ.

ކަމާ ބެހޭ އިދާރާތަކުން ބުނީ މީހުން މަރުވީ އިމާރާތް ލޮކްޑައުންކޮށްފައި ހުރުމުން ނޫން ކަމަށެވެ. އެކަމަކު އުރުމްގީގެ އިދާރާތަކުން އާއްމުންގެ ކިބައިން މައާފަށް އެދި މިދިޔަ ހުކުރު ދުވަހު ބަޔާނެއް ނެރުނެވެ.

ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަކީ ޗައިނާގައި ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. ވަކިން ހާއްސަކޮށް ރައީސްގެ އިސްތިއުފާއަށް ގޮވުމަކީ މުޒާހަރާއެއްގެ ތެރެއިން ވެސް ފެނުން ނާދިރު މަންޒަރެކެވެ.

މުޒާހަރާގެ ބައިވެރިންނާ ހަވާލަދީ އެސޯސިއޭޓެޑް ޕްރެސް ނޫހުން ބުނީ ފުލުހުން ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖަހައި އަނިޔާ ކުރި ކަމަށެވެ.

އާދީއްތަ ދުވަހުގެ ހެނދުނު މުޒާހަރާގެ ފޯރި ގެއްލުނު ނަމަވެސް، ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔަ އެވެ. ޝަންހާއީގެ އިތުރުން ވެސް އެހެން ހިސާބުތަކުގައި ދަނީ އާއްމުން އަޑު އުފުލަމުންނެވެ.

އެގޮތުން ޗައިނާގެ ޔުނިވާސިޓީ ދަރިވަރުން ހިޔާލު ފާޅުކުރާ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވި އެވެ. އެންމެ ބޮޑު އެއްވުން އޮތީ ނަންޖިންޖް ކޮމިއުނިކޭޝަންސް ޔުނިވާސިޓީގަ އެވެ.