Advertisement

ކެނަޑާ ކޯޗުގެ ވާހަކަތަކާ އެކު ކްރޮއޭޝިއާ ޓީމު ރަތަށް!

27 ނޮވެންބަރު 2022 - 10:33 0

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް: އޭނާ ވަނީ ކެނަޑާގެ ކޯޗު ހާޑްމަންގެ ވާހަކަތަކާ މެދު ނުރުހުންފާޅުކޮށްފައި.


ކެނަޑާ ކޯޗުގެ ވާހަކަތަކާ އެކު ކްރޮއޭޝިއާ ޓީމު ރަތަށް!

27 ނޮވެންބަރު 2022 - 10:33 0

ދޯހާ، ގަތަރު (ނޮވެމްބަރު 27) - ކްރޮއޭޝިއާ ޓީމަަށް އިހުތިރާމު ނުކުރާ މޭރުމަކުން ކެނެޑާގެ ކޯޗު ޖޯން ހާޑްމަން ވާހަކަދައްކާފައިވާތީ ކްރޮއޭޝިއާ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ޒްލަޓްކޯ ޑަލިޗް ރުޅިގަދަވެއްޖެ އެވެ.

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި މިރޭ ކެނެޑާ އާއި ކްރޮއޭޝީއާ ވާދަކުރާއިރު، ކެނެޑާ ކޯޗު ވަނީ ކްރޮއޭޝިއާ ޓިމުގެ އިހުތިރާމް ގެއްލޭ ގޮތަށް ވާހަކަދައްކައިފަ އެވެ. ބެލްޖިއަމް އަތުން 1-0 އިން ބަލިވި މެޗަށް ފަހު ކެނެޑާގެ ކޯޗު ހާޑްމަން ވަނީ ކްރޮއޭޝިއާ ޓީމު ބަލިކުރަން ބޭނުންވާ ވާހަކަ ބޭއަދަބީ ގޮތަކަށް ބުނެފަ އެވެ. ހާޑްމަން ބުނީ ކްރޮއޭޝިއާ ކައިރިން ބޭނުންގޮތަކަށް ކަންކަން ކުރެވިދާނެ ކަމަށެވެ.

ކްރޮއޭޝީއާގެ ނޫސްތަކުންނާއި އެގައުމުގެ ކޯޗު އަދި ކުޅުންތެރިން ވެސް ވަނީ މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަދައްކައިފަ އެވެ. އެގައުމުގެ ނޫސްތަކުން ހާޑްމަންގެ ކާޓޫނު ފޮޓޯ ކުރަހައި، މަލާމާތްކޮށްފައިވާއިރު އެ ގައުމުގެ މީޑީއާ ތަކުގައިވެސް މި ކަން އޮތީ ފަލަ ސުރުހީތަކުން ފަވާލައިފަ އެވެ.

މިކަމާ ގުޅޭގޮތުން ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނީ އެ ޓީމަކީ އެންމެ ފަހުގެ މުބާރާތުގެ ދެ ވަނަ ކަމަށާއި، މީގެ ކުރިން ކްރޮއޭޝިއާގެ ފެންވަރު ސާބިތުކޮށްދީފައިވާނެ ކަމަށެވެ. ކްރޮއޭޝިއާ ޓިމަކީ ހޯދާފައިވާ ނަތީޖާތަކަށް ބަލާއިރު އެންމެން ވެސް އިހުތިރާމް ދޭން ޖެހޭނެ ޓީމެއްގެ ގޮތުގައި ޑާލިޗް ގަބޫލުކުރެ އެވެ.

ޑާލިޗް ބުނީ ކެނެޑާގެ ކޯޗުގެ މި ކަންކަން ކުޅިވަރުގެ ރޫހާ ހިލާފު އަދި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

"އަހަރުމެންނަކީ 2018ގެ ފައިނަލިސްޓުން. އަހަރުމެންގެ ފެންވަރު ފެނިފައިވާނީ. މި ޓީމަށް އިހުތިރާމް ލިބެން ޖެހޭނެކަމަށް އަހަރެން ގަބޫލުކުރާނީ. އެ ގޮތަށް މި ޓީމާ ގުޅޭގޮތުން ވާހަކަދެއްކުމަކީ ވަރަށް ގޯސްކަމެއް" ޑަލިޗް ބުންޏެވެ.

ކްރޮއޭޝިއާގެ މިޑްފިލްޑަރު، އިވާން ޕެރިސިޗް ބުނީ ކެނެޑާ ކޯޗުގެ ބަސްތަކުން ޓީމު އޮތީ ވަރުގަދަ ރޫހެއްގައި ކަމަށާއި، މި މެޗުގެ ކުޅުމުން ވެސް އެކަން ފެންނާނެ ކަމަށެވެ.

ކެނަޑާގެ ކޯޗު ހާޑްމަން: ފަސޭހައިން ކްރޮއޭޝިއާ ބަލިކުރެވޭނެކަމަށް ބުނެ، އިހުތިރާމްކުޑަކޮށް ހާޑްމަން ވަނީ ވާހަކަދައްކާފައި.


ހާޑްމަން ބުނީ މިއީ މި ގްރޫޕުގެ އެންމެ ފޯރިގަދަ މެޗަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ، ސަބަބަކީ ދެ ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އޮތް މިންވަރު މި މެޗުން ހާމަވެގެންދާނެތީ ކަމަށެވެ. މި މެޗަކީ އުނދަގޫވާނެ މެޗެއް ކަމަށާއި، ބެލްޖިއަމްއާ ދެއްކޮޅަށް ކެނަޑާ އިން ދެއްކި ކުޅުން މި މެޗުގައި ވެސް ދެއްކުން މުހިންމު ކަމަށް ހާޑްމަންގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

"މިއީ އަހަރުމެންނަށް މަރުގެ މެޗެއް. ވަރުގަދަ މެޗަކަށްވާނެ. އަނެއްކޮޅުން މިއީ ވޯލްޑް ކަޕްގައި ކެނަޑާގެ އެންމެ ބޮޑު އުސްއައްޔަށް ވެސް ވެދާނެ. އެންމެން ތިބީ ތައްޔާރަށް" ހާޑްމަން ބުންޏެވެ.

ކެނަޑާ އިން މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ކެނަޑާ އިން މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ހުރިހާ މެޗެއްގައި 50 އަށް ވުރެން ގިނަ ޝޮޓް ޖަހާފައިވާއިރު، އަދި ގޯލެއް ނުޖެހި އޮތުމަކީ ވެސް އެ ޓީމުން ބަދަލުކުރަން ބޭނުންވާނެ ރެކޯޑެކެވެ.

ކެނަޑާ އާއި ކްރޮއޭޝިއާ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.