Advertisement

މެލޭޝިއާގެ އާ ބޮޑުވަޒީރަށް ރައީސް ސޯލިހް މަރުހަބާގެ މެސެޖެއް ފޮނުއްވައިފި

25 ނޮވެންބަރު 2022 - 18:04 1

މެލޭޝިއާގެ އާ ބޮޑުވަޒީރު އަންވަރު؛ އެމަނިކުފާނަށް ރައީސް ސޯލިހް މަރުހަބާ ފޮނުއްވި


މެލޭޝިއާގެ އާ ބޮޑުވަޒީރަށް ރައީސް ސޯލިހް މަރުހަބާގެ މެސެޖެއް ފޮނުއްވައިފި

25 ނޮވެންބަރު 2022 - 18:04 1

މެލޭޝިއާގެ ބޮޑު ވަޒީރުގެ މަގާމަށް އައްޔަނު ކުރެއްވި އަންވަރު އިބްރާހިމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑާޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާވެރިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވި އެވެ. އަދި ރާއްޖެ އާއި މެލޭޝިޔާއާ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމުގެ ޔަގީންކަން އެރުއްވި އެވެ.

ބައިނަލްއަގްވާމީ މުހިންމު ކަންކަމުގައި މެލޭޝިއާގެ އާ ބޮޑުވަޒީރާއި މެލޭޝިއާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

އުމުރުން 75 އަހަރުގެ އަންވަރު އިބްރާހީމަކީ ޒަމާނުއްސުރެން އެ ގައުމުގެ އިދިކޮޅު ލީޑަރެވެ. ސިޔާސީ ދާއިރާގައި ހޭދަކުރެއްވި 30 އަހަރަށް ވުރެ ދިގު މުއްދަތުގައި އަންވަރު އިބްރާހިމް ވަނީ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ޖަލުގައި ހޭދަކުރައްވައިފި އެވެ.

ކުރިން، 1990 ގެ އަހަރުތަކުގައި ބޮޑު ވަޒީރުގެ ނައިބެއްގެ މަގާމު ފުރުއްވިއިރު، 2018 ގެ ފަހުން "ޕްރައިމް މިނިސްޓާ އިން ވެއިޓިން" ގެ މަގާމު ފުރުއްވި އެވެ. އެއީ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ބޭފުޅަކު މަގާމުން ދުރުކުމުން އާ ބޮޑުވަޒީރަކު އިންތިހާބު ކުރެވެގެން އެ މަގާމާ ވަގުތީ ގޮތުން ހަވާލުވުމުންނެވެ.

މެލޭޝިއާގެ އާންމު އިންތިހާބުގައި އެއްވެސް ބަޔަކަށް މަޖިލީހުގެ ޖުމުލަ އަޣުލަބިއްޔަތެއް ނުލިބެ އެވެ. އަންވަރް އިބްރާހިމްގެ ޕަކަތަން ހަރަޕަން ކޯލިޝަނަށް 82 ގޮނޑި އަދި ކުރީގެ ބޮޑު ވަޒީރު މުހްޔިއްދީން ޔާސީންގެ ޕެރިކަތަން ނޭސިއޮނަލް ކޯލިޝަނަށް 73 ގޮނޑި އެވެ.

ޒަމާނުއްސުރެ ވެރިކަމުގައި އޮތް ބަރިސަން ކޯލިޝަނަށް ލިބުނީ 30 ގޮނޑި އެވެ. އެއީ 1957 ވަނަ އަހަރު މެލޭޝިއާއަށް މިނިވަންކަން ލިބުނު ފަހުން ސިޔާސީ ދާއިރާ ހިސޯރުކޮށްފައި އޮތް ބަރިސަން ކޯލިޝަންގެ އެންމެ ދަށް ނަތީޖާ އެވެ.