Advertisement

ޗައިނާގައި އެއް ދުވަސް ތެރޭ ކޮވިޑް ކޭސްތަކުގެ ރެކޯޑް އަދަދެއް

26 ނޮވެންބަރު 2022 - 06:00 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގައި ހަރުކަށި ފިޔަވަޅުތައް އަޅަމުން ދަނީ ކޮވިޑް ފެތުރުން އެއްކޮށް ހުއްޓުވުމަށް. -- ފޮޓޯ: އޭއެފްޕީ


ޗައިނާގައި އެއް ދުވަސް ތެރޭ ކޮވިޑް ކޭސްތަކުގެ ރެކޯޑް އަދަދެއް

26 ނޮވެންބަރު 2022 - 06:00 0

ކޮވިޑް ބަލިމަޑުކަން ފެށުނު ފަހުން ޗައިނާގައި އެއް ދުވަސް ތެރޭގައި އެ ބަލީގެ ކޭސްތައް މަތި ނުވާ މިންވަރަށް ބުދަ ދުވަހު މަތިވެއްޖެ އެވެ.

އެހެން ނަމަވެސް ޗައިނާގެ 1.4 ބިލިއަން އާބާދީއާ އަޅާ ބަލާ އިރު، ކޭސްތަކުގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. އެގޮތުން ބުދަ ދުވަހު ރިޕޯޓުކުރީ 31،454 ކޭސް އެވެ.

ނޭޝަނަލް ހެލްތު ބިޔުރޯއިން ބުނީ އޭގެ ތެރެއިން 27،517 ކޭހުގައި އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އާބާދީގެ ނިސްބަތުން ކޭސްތައް މަދު ނަމަވެސް، ޗައިނާއިން ގެންގުޅޭ ޒީރޯ ކޮވިޑް ސިޔާސަތެކެވެ.

އެ ސިޔާސަތުގެ ދަށުން ކޮވިޑް ފެތުރުން އެއްކޮށް ހުއްޓުވުމަށް، އެންމެ ކޭހެއް ފެނުނު ނަމަވެސް އެތައް މިލިއަން މީހުން ލޮކްޑައުންކޮށް މަޖުބޫރުން ކަރަންޓީނަށް ގެންދެ އެވެ.

އެ ސިޔާސަތާ މެދު ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުން އިތުރުވަމުން ގޮސް، ބުދަ ދުވަހު އައިފޯން އުފައްދާ ފެކްޓްރީއެއްގައި ހަމަނެޖެހުމަށް މަގުފަހިވި އެވެ.

މި ވަގުތު ފިޔަވަޅު އަޅާފައިވާ ބޮޑެތި ސިޓީތަކުގެ ތެރޭގައި ބެއިޖިން، ޝަންހާއީ، ގުއާންގްޒޫ އަދި ޗޮންގްގިންގް ހިމެނެ އެވެ. ހޮނިހިރު ދުވަހުން ފެށިގެން ބެއިޖިންގައި ކޮވިޑް ޖެހިގެން ތިން މީހުން މަރުވެފައިވެ އެވެ.

އޭގެ ކުރިން ހަ މަސް ވަންދެން ކޮވިޑް ޖެހިގެން އެއްވެސް މީހަކު މަަރު ނުވެ އެވެ. އެހެންވެ، ހާލަތު ގޯސްވަމުންދާ ކަމުގެ އިންޒާރު އޮފިޝަލުން ދެ އެވެ.