Advertisement

ވިރަ އާއި އެންސްޕާ އަދި އާސަންދައިގެ ހިދުމަތް އެއް ފުރާޅަކަށް!

24 ނޮވެންބަރު 2022 - 14:15 1

ވިރަ ނަމުގައި ހުޅުވި ސެންޓަރެއް؛ އާސަންދައާއި އެންސްޕާގެ ހިދުމަތްތައް މި ތަނުން ލިބޭނެ - ފޮޓޯ: އާސަންދަ


ވިރަ އާއި އެންސްޕާ އަދި އާސަންދައިގެ ހިދުމަތް އެއް ފުރާޅަކަށް!

24 ނޮވެންބަރު 2022 - 14:15 1

ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ހިދުމަތްތައް މީގެ ފަހުން އާސަންދަ މެދުވެރިކޮށް، "ވިރަ" ގެ ނަމުގައި އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް މިއަދުން ފެށިގެން ހަމަޖައްސައިފި އެވެ.

މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) އާއި ހުޅުމާލެ ހޮސްޕިޓަލުގައި އެ ހިދުމަތްތައް ލިބޭނެ ގޮތަށް 'ވިރަ' ގެ ނަމުގައި ކައުންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ.

އާސަންދައިން ބުނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ އާސަންދަ އާއި ބޭރުގެ އުޅޭ ދިވެހިންނަށް ހާއްސަކޮށް ހިންގާ މެރަނާ ސްކީމްގެ ހިދުމަތްތަކާއި އެންސްޕާގެ ދަށުން ފޯރުކޮށްދެމުންދާ މެޑިކަލް ވެލްފެއާގެ ހިދުމަތްތައް އެ ކައުންޓަރުން މީގެ ފަހުން ލިބޭނެ ކަމަށެވެ.

"މި ބަދަލާއެކު ކުރިން އާސަންދަ އަދި މެޑިކަލް ވެލްފެއާއަށް އެދި ވަކިވަކިން ފޯމު ހުށަހެޅުމުގެ ބަދަލުގައި، އެހީ ބޭނުންވާ ފަރާތުން ހުށަހަޅަން ޖެހޭނީ އެންމެ ފޯމެއް. އަދި އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތުގެ ހާލަތު ބަދަލުނުވާހާ ހިނދަކު އިތުރު ފޯމެއް ހުށަހަޅާކަށް ނުޖެހޭނެ،" އާސަންދައިން މީޑިއާތަކަށް ހިއްސާކުރި ޕްރެސް ރިލީޒްގައިވެ އެވެ.

އާސަންދައިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ މީހުނަށް ވެސް އެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ހުރިހާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގައި "ވިރަ" ކައުންޓަރުތައް ގާއިމު ކުރެވިގެން ދާނެ އެވެ.

"ވިރަ" މައުލޫމާތު މަރުކަޒުގެ ނަމުގައި މުޅިން އާ ކަސްޓަމާ އެކްސްޕީރިއެންސް ސެންޓަރެއް ވެސް ވަނީ މިއަދު ހުޅުވި އެވެ. އެ މަރުކަޒު ހުޅުއްވައިދެއްވީ މިއަދު ހެނދުނު 08:30 ގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ.

އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީގާއި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް އައްޒާމް ވަޖީހް އާއި އާސަންދަ ބޯޑުގެ ބައެއް މެމްބަރުންނާއި އާސަންދަ އެންސްޕާގެ އެގްޒެކެޓިވް އަދި ސީނިއާ މެނޭޖްމަންޓް މެމްބަރުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ "ވިރަ" ކައުންޓަރުން ހިދުމަތް ލިބޭނެ އެވެ. ފެންބިލްޑިންގެ ނިކަގަސްމަގަށްވާ ފަޅީގައި ގާއިމުކުރެވިފައިވާ، "ވިރަ" މަރުކަޒުން 24 ގަޑިއިރު ހިދުމަތް ލިބޭނެ އެވެ.

"ވިރަ" ކައުންޓަރުތަކަށް ކޮންމެހެން ނުގޮސް ވެސް ހިދުމަތް ހޯދާނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ. އެ ގޮތުން [email protected] އަށް ފޯމާއި ލިޔެކިޔުން އީ-މެއިލް ކޮށްގެން ހިދުމަތް ހޯދޭނެ އެވެ. އަދި 1400 ނަންބަރަށް ގުޅައިގެން ކޮންމެ ވަގުތަކު ވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.