Advertisement

ފުވައްމުލަކުގައި އަނެއްކާވެސް ބޮޑު އެކްސިޑެންޓެއް ހިނގާ, ޒަހަމްވި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި

3 އޭޕްރީލް 2024 - 12:53 0

ނިމާ ހަސަން

ނިމާ ހަސަން

ފުވައްމުލައް ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް; މި ހަފްތާ ތެރޭގައި އެ ސީޓީގައި ބޮޑު ދެ އެކްސިޑެންޓު ހިނގައިފައިވޭ -- ފޮޓޯ: މިރާޝް/ އަދަދު


ފުވައްމުލަކުގައި އަނެއްކާވެސް ބޮޑު އެކްސިޑެންޓެއް ހިނގާ, ޒަހަމްވި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި

3 އޭޕްރީލް 2024 - 12:53 0

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސްކަވޭޓަރެއްގައި ޖެހި, ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް, އެ ރަށު ދިގުވާނޑު އަވަށު ނައިބު ތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހި އެކްސިޑެންޓުވީ ރޭގެ ވަގުތެއްގަ އެވެ.

އެ އެކްސިޑެންޓް ހިނިގިކަން ފުލުހުންނަށް ރިޕޯޓުކުރީ ރޭ 11:45 ހާއިރު ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެ އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސް, އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. އެއީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ މި ހަފުތާ ތެރޭގައި ފުވައްމުލަކުގައި ހިނގި ދެވަނަ ބޮޑު އެކްސިޑެންޓެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް އެ ރަށުގައި ދުއްވާފައި ދިޔަ ސައިކަލެއް ޒިބްރާ ކްރޮސް ޕޯސްޓެއްގައި ޖެހި އެކްސިޑެންޓެއް ހިނގި އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 32 އަހަރުގެ ދިވެހި ފިރިހެން މީހާ މާލެ ގެނެސްފައިވާއިރު، އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އާބާދީގައި 12,790 މީހުން ހިމެނޭ ފުވައްމުލަކަކީ ރާއްޖޭގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ތަނެވެ. ބިމުގެ ބޮޑުމިނުގައި 491.7 ހެކްޓަރު ހުންނަ ފުވައްމުލަކުގައި މިދިޔަ ޖެނުއަރީ މަހު ހިނގި އެކްސިޑެންޓެއްގައި ވެސް އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ.