Advertisement

ޔުނިމެކްސް އިން ހިތްގައިމު ޒިނެން ސައިކަލް ތައާރަފު ކުރަނީ

24 ނޮވެންބަރު 2022 - 13:59 0


ޔުނިމެކްސް އިން ހިތްގައިމު ޒިނެން ސައިކަލް ތައާރަފު ކުރަނީ

24 ނޮވެންބަރު 2022 - 13:59 0

ތެޔޮ ހަރަދު ކުޑަ، ދުއްވާލަން ފަސޭހަ ޒިނެން ބްރޭންޑުގެ ސައިކަލް ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށް ޔުނިމެކްސް މޯލްޑިވްސްއިން ބުނެފި އެވެ.

ޗައިނާގައި އުފައްދާ، އެ ގައުމުން ޔޫރަޕަށް ވެސް އެކްސްޕޯޓު ކުރާ ޔުނިމެކްސް ސައިކަލަކީ 49ސީސީގެ ސްކޫޓަރެކެވެ.

"މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި ތުއްތު ކުދިންގެ ރައްކައުތެރިކަމާއެކު ސްކޫލުތަކަށް ގެންގޮސް، ގެނެސް ދިނުމަށް މިއީ ހިތްގައިމު ސައިކަލެއް،" ޔުނިމެކްސްގެ އޮފިޝަލް ވިދާޅުވި އެވެ.

"މާ ބާރަށް ސައިކަލް ދުއްވަން ބޭނުން ނުވާ ފަރާތްތަކަށް ވަރަށް ފުރިހަމަ ހިތްގައިމު ސައިކަލެއް. ސައިކަލް ކުޑަޔަސް، ކުދިން އަރުވައިގެން ދާނެ ޖާގަ ވެސް އޮންނާނެ. ހެލްމެޓު ވެސް މަޑިދަށަށް ލެވޭނެ."

އޭނާ ބުނި ގޮތުގައި މި ސައިކަލްގެ އެންމެ ބޮޑު ފައިދާއަކީ ސްޕީޑު ބާރުކޮށްލިޔަސް ކުއްލިއަކަށް ސްޕީޑް އަރައިގެން ނުދިއުމެވެ.

މި ބްރޭންޑްގެ ދެ ކުލައެއްގެ ސައިކަލް ވަރަށް އަވަހަށް ރާއްޖެ ގެނެސް ވިއްކަން ފަށާނެ އެވެ. އެއީ ފިޔައިތޮށި ކުލަ އާއި މަޑު ފެހިކުލަ އެވެ.

ޔުނިމެކްސް ސައިކަލްގެ އަގު އުޅެނީ 25،000ރ. އަށެވެ.