Advertisement

ދުވަހަކަށްވުރެ ދުވަހެއް މިނީ ބަސް ބޭނުންކުރާ މީހުންގެ އަދަދު ދަށަށް

24 ނޮވެންބަރު 2022 - 08:14 3

އަހުމަދު އާއިދު

އ

Advertisement

މާލޭ މަގުމަތީ މިނީބަހެއް ދަތުރުކުރަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ދުވަހަކަށްވުރެ ދުވަހެއް މިނީ ބަސް ބޭނުންކުރާ މީހުންގެ އަދަދު ދަށަށް

24 ނޮވެންބަރު 2022 - 08:14 3

Advertisement

Advertisement

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ގެ ދަށުން މި އަހަރު މާލޭގައި ދޭން ފެށީ މިނީ ބަހުގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންދާކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގު ހައްގުގެ ދަށުން "އަދަދު" އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު ޖުމްލަ 236،954 މީހުން މިނީ ބަހުގެ ހިދުމަތް ބޭނުންކުރި އެވެ. އެއީ ދުވާލަކަށް 9،478 މީހުންވެ. ގަޑިއަކަށް 394 އެއްހާ މީހުންނެވެ.

Advertisement

އެކަމަކު, މި އަދަދުތަށް މިހާރުވަނީ ބޮޑުތަނުން ދަށްވެފަ އެވެ.

އެގޮތުން, ނިމިދިޔަ އޮކްޓޫބަރު މިނީ ބަސް ބޭނުންކޮށްފައިވަނީ 153،682 މީހުންނެވެ. މި އަދަދު މި މަހުގެ މިހާތަނަށް ބަލާއިރު ހުރީ 87،030 ގަ އެވެ. އެއީ ދުވާލަކު 4،352 މީހުންނެވެ. ގަޑިއަކަށް ބަލާނަމަ 181 އެއްހާ މީހުންނެވެ.

ބަސް ބޭނުން ކުރާ މީހުންގެ އަދަދު ދަށްވަމުން ދާއިރު މި އަހަރު ނިމޭއިރު ދުވާލަކު މިނީ ބަހުގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު 3000 އަށްވުރެ ދަށަށް ވެއްޓޭނެ ކަމަށް ބެލެވެ އެވެ. ގަޑިއިރުން ބަލާނަމަ 100 އަށްވުރެ އަދަދު ދަށްވެގެން ދާނެ ކަމަށް ލަފާ ކުރެވެ އެވެ.

Advertisement

މިކަމާ ގުޅޭގޮތުން ބަހުގެ ހިދުމަތްދޭ މައި ކުންފުނި އެމްޓީސީސީއާ ސުވާލުކުރުމުން ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަކީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމެވި އެއް ކަމެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ލަސްވެގެން ގޮސް މި އަހަރު މި ހިދުމަތްދޭން ފެށުމާ އެކު ރައީސް ވިދާޅުވީ މި ހިދުމަތަކީ "ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް" ވެގެންދާނެ ކަމަށެވެ.

މިނީ ބަހުގެ ހިދުމަތް މާލެއަށް ތަސައްލީއަކަށް ވާނެ: ރައީސް

"ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީ ބަހުގެ ހިދުމަތް ފެށިގެން ދިޔުމަކީ، މިނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް. ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މިހިދުމަތްވެ އިތުރަށް ތަރައްގީވެގެންދާނެ،"

މިނީ ބަހުގެ ހިދުމަތް މާލެއަށް ތަސައްލީއަކަށް ވާނެ: ރައީސް

"ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީ ބަހުގެ ހިދުމަތް ފެށިގެން ދިޔުމަކީ، މިނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް. ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މިހިދުމަތްވެ އިތުރަށް ތަރައްގީވެގެންދާނެ،"

އަގަކާ ނުލާ ދެ ހަފުތާ ވަންދެން މިނީ ބަހުގެ ޓެސްޓު ދަތުރުތައް ކުރިއިރު އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. ނަމަވެސް ދަތުރަށް ހަތް ރުފިޔާގެ މަގުން އަގު ނަގަން ފެށުމާ އެކު ބަސްތައް ބޭނުން ކުރާ މިންވަރު ވެއްޓުނެވެ. މީގެ އިތުރުން ވެސް މިނީ ބަހުގެ ހިދުމަތައް ވަނީ އެކި ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން މާލޭގެ ޓްރެފިކް ބާރުބޮޑުވާ ކަމުގެ ޝަކުވާ އާއި ޓެކްސީ ކުރަން ދަތިވުމުގެ ޝަކުވާތައް ވެސް އިވުނެވެ.

"އެއްވެސް އިރަކު މާލޭގަ ބަސް ދުއްވާކަށް ގަބޫލެއް ނޫން. ދެން އަންނަ ސަރުކާރެއްގައި މި ބަސްތައް ހުއްޓުވާނަން. މާލޭގަ މިހާ ބޮޑެތި ބަސްތައް ދުއްވުމަކީ ޓެކްސީ ދުއްވާ މީހުނަށްވާ އެންމެ ބޮޑު އުނދަގޫ،" މި މައްސަލައިގެ މީގެ ކުރިން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ.

"އާމްދަނީއަށް އަސަރެއް ނުކުރޭ، އެކަމަކު ބަހުގެ ހިދުމަތާ ދެކޮޅު"

ދެން އަންނަ ސަރުކާރެއްގައި މާލޭގައި ދުއްވާ ބަސްތައް ހުއްޓުވާނެ ކަމަށް ޓެކްސީ އެސޯސިއޭޝަނުން ބުނޭ.

"އާމްދަނީއަށް އަސަރެއް ނުކުރޭ، އެކަމަކު ބަހުގެ ހިދުމަތާ ދެކޮޅު"

ދެން އަންނަ ސަރުކާރެއްގައި މާލޭގައި ދުއްވާ ބަސްތައް ހުއްޓުވާނެ ކަމަށް ޓެކްސީ އެސޯސިއޭޝަނުން ބުނޭ.

މާލޭގައި ޖުމްލަ 40 ބަސް ހުއްޓި ބަހައްޓާ މިހާރު ވެސް 18 ބަހަކުން އަންނަނީ ހިދުމަތް ދެމުންނެވެ. މީގެ އިތުރުން ކަރަންޓު ހަކަތައިން ދުއްވާ ހަ ބަހެއް ވެސް ވަނީ މި މަހުގެ ހަތްވަނަ ދުވަހު ގެނެސްފަ އެވެ.

Advertisement

14.29%

42.86%

0.00%

42.86%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ފާޑުކިޔާ

over 2 years ago

ހުރިހާަ ބަހެެއް މި ދުއްވަނީ އެއްކޮޅަށް. އަމީނީރޫޓް ބަސް ވެސް މަޖީދިމަގުން ދެކޮޅަށް ދުއްވާނަމަ ފަސޭހަވާނެ

ގުރައިދޫ

over 2 years ago

5 ރުފިޔާއަށް އަގު ހެދިޔަސް ދަތުރުކުރާމީހުން މަދުވާނެ، ދިވެހިންބޭނުންވަނީ ގޭގެ ދޮރޮމައްޗަށް ފައިބަން!

ސަރުމީލް

over 2 years ago

5ރ ހަދާބަލަ. އަރާނެ މީހުންވެސް ވާނެ. ދެން ޓިކެޓް ނަގާނެ ފަސޭހަ ގޮތްވެސް - ބަސް ކާޑު...އޭރުން އޮކޭވާނެ.