Advertisement

ކުރުދީންނަށް އަމާޒުކޮށް ތުރުކީއިން ވައިގެ ހަމަލާތަކެއް ދީފި

21 ނޮވެންބަރު 2022 - 07:48 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތުރުކީއިން ވައިގެ އޮޕަރޭޝަން ފެށީ ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން.


ކުރުދީންނަށް އަމާޒުކޮށް ތުރުކީއިން ވައިގެ ހަމަލާތަކެއް ދީފި

21 ނޮވެންބަރު 2022 - 07:48 0

ތުރުކީގެ އިސްތަންބޫލްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިރާގާއި ސީރިއާގައި އުޅޭ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

ތުރުކީއިން ފެށި އޮޕަރޭޝަންގެ ނަމަކީ "ކްލޯ ސްވޯޑް" އެވެ. އެ އޮޕަރޭޝަންގެ ޓާގެޓުތަކަކީ ކުރުދީންގެ އަސްކަރީ މަރުކަޒުތައް ކަމަށް ތުރުކީގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ސީރިއާގައި ދިރިއުޅޭ ކުރުދީން ތަމްސީލް ކުރާ ތަރުޖަމާނަކު ބުނީ އެ އޮޕަރޭޝަަނުގައި ދެ އަވަށަކަށް ހަމަލާ ދިން ކަމަށެވެ. ކުރުދީންގެ ޕީކޭކޭ ގްރޫޕުން ބުނީ އިސްތަންބޫލް ހަމަލާ ދިނީ އެ މީހުން ނޫން ކަމަށެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީން ބުނީ އުތުރު ސީރިއާ އާއި އުތުރު އިރާގުގައި ކުރުދީންގެ އަސްކަަރީ މަރުކަޒުތަކަށް ހަމަލާދީ 89 ޓާގެޓް ސުންނާފަތިކޮށްލި ކަމަށެވެ.

ވައިގެ އޮޕަރޭޝަނުގައި މަދުވެގެން 30 މީހުން މަރުވެ، ބަޔަކަށް އަނިޔާވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސީރިއާގައި އުޅޭ ކުރުދީންގެ ފައުޖުން ބުނީ ހަމަލާތަކަށް ރައްދު ދޭނެ ކަމަށެވެ.

ތުރުކީގެ ވައިގެ އޮޕަރޭޝަން ފެށީ އިސްތަންބޫލްގެ ތަކްސިމް މައިދާން ކައިރީގައި ވިޔަފާރި ކުރުމަށް މަގްބޫލް އިސްތިކްލާލް މަގުގައި ދިން ބޮމުގެ ހަމަލާގައި ހަ މީހުން މަރުވެ، 80 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައި ވަނިކޮށެވެ.

ކުރުދީން ބޭނުން ވަނީ އިރުދެކުނު ތުރުކީގައި އެ މީހުންގެ އަމިއްލަ ދައުލަތެއް ގާއިމް ކުރުމަށެވެ. ކުރުދީ ހަނގުރާމަވެރިން އެކަމަށް ހަނގުރާމަަ ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.