Advertisement

ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި ވޯލްޑްކަޕް 2022 ދެމިއޮންނާނެ: ރައީސް

20 ނޮވެންބަރު 2022 - 17:24 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހާއި ގަތަރުގެ އަމީރު؛ ރައީސް ވަނީ ވޯލްޑްކަޕް ފެށުމުގެ ތަހުނިޔާ ފޮނުއްވާފައި


ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި ވޯލްޑްކަޕް 2022 ދެމިއޮންނާނެ: ރައީސް

20 ނޮވެންބަރު 2022 - 17:24 0

ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި މިއަހަރު ބާއްވާ 'ގަތަރު ވޯލްޑް ކަޕް 2022' މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީއަށް ރައީސް ފޮނުއްވި ސިޓީގައި ވަނީ، ވޯލްޑްކަޕް ފެށުމުގެ ތަހުނިޔާ ފޮނުއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ގަތަރުގެ މުއްސަނދި ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހިތްގައިމު ރަސްމިއްޔާތަށް އިންތިޒާރު ކުރައްވާ ކަމަށެވެ.

ހަމައެއާއެކު ކުރިއަށް އޮތް ދުވަސްތަކު ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެނިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި ސިޓީގައި ރައީސް ވަނީ މި ފަހަރުގެ ވޯލްޑް ކަޕް މުސްލިމް ގައުމެއްގައި ބާއްވާތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ގަތަރުގެ ސަރުކާރަށް ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާއި ހިކްމަތްތެރިކަމާއެކު ކުރިމަތިލާތަން ފެނުމަކީ އެކަމުން ހިތްވަރު ލިބޭކަމެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިއަހަރުގެ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައި ވަނީ މިރެ އެވެ. އެގޮތުން ފުރަތަމަ މެޗެއްގެ ގޮތުގައި އޮންނާނީ، ގަތަރާއި އިކުއެޑޯ ބައްދަލު ކުރާ މެޗެވެ.