19 ނޮވެންބަރު 2022 - 11:33 0
19 ނޮވެންބަރު 2022 - 11:33 0
އާދިއްތަ ދުވަހު ގަތަރުގައި ފަށާ ފުޓްބޯޅައިގެ އެންމެ ބޮޑު އީދު ކަމަށްވާ "ފީފާ ވޯލްޑް ކަޕް" އާ ދިމާކޮށް ވިލާ ޓްރޭޑިން އަދި ވިލާ ހަކަތަ ގުޅިގެން "މަވެސް ބަލަން" ކެމްޕޭން މާދަމާ ފަށާނެކަން ހާމަކޮށްފި އެވެ.
މިއީ އަގުހުރި އިނާމުތަކެއް ލިބޭ ގޮތަށް ވިލާއިން ވޯލްޑް ކަޕްގެ ފޯރި ދިވެހިންގެ މެދުގައި އިތުރުކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.
އެގޮތުން، މާދަމާއިން ފެށިގެން ވޯލްޑް ކަޕްގެ ނިޔަލަށް ވިލާ ހަކަތަ އަދި ވިލާ މާޓުން ވިޔަފާރި ކުރާ މީހުން ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެވޭނެ އެވެ. އަދި، ސޯޝަލް މީޑިއާގައި ފޮޓޯ ޗެލެންޖެއް ވެސް ކުރިއަށްގެންދާނެ އެވެ.
މި ލަކީޑްރޯއިން އެއްވަނައަށް ހޮވޭ މީހަކަށް އައިފޯން 14 ޕްރޯ މެކްސްއެއް ލިބޭނެ އެވެ. ދެވަނަ އިނާމެއްގެ ގޮތުން ދެ މީހަކަށް ރިސޯޓު ދަތުރެއް އަދި ތިންވަނައަށް ހޮވޭ މީހުންނަށް ޑިސްކައުންޓު ވައުޗަރު ލިބޭނެ ކަމަށް ވިލާއިން ބުނެ އެވެ. އަދި، ފޮޓޯ ޗެލެންޖުން ވަނަވަނައަށް ދާ މީހުންނަށް ގިފްޓު ހެމްޕަރު ވެސް ދޭނެ އެވެ.
އޭގެ އިތުރުން، ވިލާ މާޓުން ވިއްކާ ޓޯނީސް ޗޮކްލެޓުންނާއި ގާޑެންސް ބްރޭންޑުގެ ޖޭމުން މި ޕްރޮމޯޝަން ނިމެންދެން ޑިސްކައުންޓު ލިބޭނެ އެވެ.
ވިލާ ހަކަތަ އަދި ވިލާ މާޓުން ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ މެޗުތަކުގެ ސްކޯޝީޓެއް ވެސް ދޭން ވިލާއިން ވަނީ ނިންމާފަ އެވެ. ވިލާގެ އިންސްޓަގްރަމް ޕޭޖުތަކުން މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ލިބެން ހުންނާނެ އެވެ.
Comment