Advertisement

ހަތަރު އަހަރު ތެރޭގައި އާބާދީގެ ދެ ޕަސެންޓު މީހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފި!

17 ނޮވެންބަރު 2022 - 09:23 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު : ހަތަރު އަހަރުގެ ތެރޭގައި ފުލުހުން ވަނީ 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ހަތަރު އަހަރު ތެރޭގައި އާބާދީގެ ދެ ޕަސެންޓު މީހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފި!

17 ނޮވެންބަރު 2022 - 09:23 1

މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެއެތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ ދެ ޕަސަންޓަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އިއްޔެ އާންމު ކުރި މައުލޫމާތަށް ބަލާއިރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެއެތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 11،955 ހައްޔަރުކޮށްފައިވެ އެވެ. އެއީ މިއަހަރުގެ ބޯމިހެނުމުގައި ގުނި 452،495 މީހުންގެ ތެރެއިން 2.6 ޕަސެންޓު މީހުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތަށް ދައްކާގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރި 11،955 މީހުންގެ ތެރޭގައި ހިމެނެނީ 10،497 ދިވެހި ފިރިހެނުންނާއި 416 އަންހެނުންނާއި 261 ކުޑަކުދިންނާއި 781 ބިދޭސީންނެވެ.

"ފާއިތުވި ހަތަރު އަހަރު އޮގަނައިޒްވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްތައް އަޅުގަނޑުމެން ގެންދިޔައީ ކައިރިން ބަލަމުން، މި ފަރާތްތަކުން އެތެރެކުރާ މަސްތުވާތަކެތި އަޅުގަނޑުމެންނަށް ހޯދޭ މިންވަރަކުން ހޯދުމަށްޓަކާ އިތުރުފިޔަވަޅުތަކެއް އަޅަމުން،" ނޫސްވެރިންނާ ބައްދަލު ކުރައްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވި އެވެ.

ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން -- ފޮޓޯ: އަދަދު


ވެއެތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 1.6 ޓަނުގައި އުޅޭއިރު މި މަސްތުވާތަކެއްޗާއި ގުޅިގެން ޖުމްލަ 6165 މައްސަލައެއް ވަނީ ކޭސް ކުރެވިފަ އެވެ. މީގެ ތެރެއިން 2681 މައްސަލައެއް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅިފަ އެވެ.

މީގެއިތުރުން މާލޭގައި ކެފޭ ސްޓައިލަށް މަސްތުވާތަކެތި ވިއްކާ އެތަކެތި ބޭނުންކުރަމުން ގެންދިޔަ 35 ތަނެއް ފުލުހުން ވަނީ ހޯދާ ހުއްޓުވާފަ އެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަށް އެންމެ މަދީ މިދިޔަ އަހަރު އެވެ. އެގޮތުން މިދިޔަ އަހަރު ޖުމްލަ 1114 މައްސަލައެއް ކޭސްކުރެވިފައިވާއިރު، 2019 ވަނަ އަހަރު އެ އަދަދު އުޅުނީ 2186 ގަ އެވެ.

ފަހަކަށް އައިސް ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގާ އެކި އޮޕަރޭޝަންތަކުގައި ރާއްޖެއަށް އެތެރެކުރަމުންދާ ނުވަތަ ކޮށްފައިވާ މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމަންޓުތަކެއް ވަނީ ހޯދާފަ އެވެ.