Advertisement

މާއުނގޫދޫގައި މާރާމާރީއެއް؛ ޒުވާނެއްގެ ބަނޑަށް ވަޅި ހަރައިފި

9 ނޮވެންބަރު 2022 - 12:11 0

ނިމާ ހަސަން

ނިމާ ހަސަން

ށ. މާއުނގޫދޫ؛ އެރަށުގައި ހިނގި މާރާމާރީއެއްގައި ޒުވާނެއްގެ ބަނޑަށް ވަޅި ހަރާލައިފި


މާއުނގޫދޫގައި މާރާމާރީއެއް؛ ޒުވާނެއްގެ ބަނޑަށް ވަޅި ހަރައިފި

9 ނޮވެންބަރު 2022 - 12:11 0

ށ. މާއުނގޫދޫގައި ހިނގި މާރާމާރިއެއްގައި ޒުވާނެއްގެ ބަނޑަށް ވަޅި ހަރައިފި އެވެ.

އެ ހާދިސާގެ މައުލޫމާތު ހިއްސާކުރައްވަމުން މާއުނގޫދޫ ކައުންސިލުގެ މެންބަރަކު 'އަދަދު' އަށް ވިދާޅުވީ ރޭ މާރާމާރީ ހިނގީ ދެ ޒުވާނެއްގެ ދެމެދުގައި ކަމަށާއި، އެއީ ދެބަސްވުމެއްގެ ތެރެއިން ހިނގާފައިވާ ކަމެއްކަން އެނގިފައިވާ ކަމަށެވެ.

މާރާމާރީގައި ދެ ޒުވާނަކަށް އަނިޔާ ލިބުނު އިރު، ބޮޑެތި ޒަހަމްތަކެއް ލިބުނީ މާރާމާރީ ހުއްޓުވަން ދިޔަ ޒުވާނަކަށް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އަދި އަނެއް ޒުވަނާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

"މާރާމާރީ ހިނގި ކުއްޖާ ގެންގުޅު ވަޅިއެއް ހުއްޓުވަން ދިޔަ ކުއްޖާގެ ބަނޑަށް ހެރި އަނިޔާތަކެއްވީ. އެ ކުއްޖާގެ ހާލު ސްޓޭބަލް، އެކަމަކު ލިބިފައި ހުރި ޒަހަމްގެ ފުންކަމުންނާއި އިތުރު ޓެސްޓުތައް ހަދަން މިހާރު ވަނީ ކުޅުދުއްފުއްޓަށް ފޮނުވާލާފައި," މެންބަރު ކިޔައިދެއްވި އެވެ.

މެންބަރު އިތުރަށް ވިދާޅުވީ އެ މާރާމާރީގައި ހަމަލާ ދިން ޒުވާނަކީ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށާއި، އެ މީހާ މިހާރު ފުލުހުންގެ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ މާއުނގޫދޫގައި ތޫނު އެއްޗަކުން ދެމީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓު ރޭ 12:40 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އަނިޔާވީ 25 އަހަރާއި 31 އަހަރުގެ މީހަކަށް ކަމަށާއި، އެ ދެ މީހުންނަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާއިރު، 31 އަހަރުގެ މީހާ އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ޒުވާނަކު ކަމަށް ވެސް ފުލުހުން ބުނެ އެވެ.