Advertisement

ފުނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ރޯވެ ބޮޑު ބައެއް އަނދައިފި

4 ނޮވެންބަރު 2022 - 19:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުނަދޫ ފަޅުތެރޭ އޮތް ދޯނީގައި ރޯވެ އަނދަނީ


ފުނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ރޯވެ ބޮޑު ބައެއް އަނދައިފި

4 ނޮވެންބަރު 2022 - 19:01 0

ށ. ފުނަދޫ ފަޅުތެރޭ އަޅާފައިވާ އޮތް މަސް ދޯންޏެއްގައި ރޯވެ ދޯނީގެ ބޮޑުބައެއް އަނދައިިފި އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު އެވެ.

މި ހާދިސާ އާ ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބެއް ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް މަންޒަރުދުށް ފަރާތްތަކުން ބުނި ބުނުމުން ބެލެވެނީ ކަރަންޓު ޝޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދަކީ ހުކުރު ދުވަސް ކަމުން އަލިފާން ރޯވި ވަގުތު ދޯނީގައި އެއްވެސް މީހަކު ނެތް ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފުނަދޫ ރައްޔިތުންނާއި ފުލުހުން ގުޅިގެން ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލި ނަމަވެސް ދޯނީގެ ބޮޑުބައި ވަނީ އަނދާފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތްތޯ ފުލުހުން ބަލަމުންދާ ކަމަށެވެ.