Advertisement

މަންކީޕޮކްސް ބޮޑަށް ފެތުރެނީ އަލާމާތްތައް ފެނުމުގެ ކުރިން: ދިރާސާ

4 ނޮވެންބަރު 2022 - 05:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މި އަހަރުގެ ތެރޭގައި މަންކީޕޮކްސް ޖެހިގެން 36 މީހުން މަރުވެފައިވޭ.


މަންކީޕޮކްސް ބޮޑަށް ފެތުރެނީ އަލާމާތްތައް ފެނުމުގެ ކުރިން: ދިރާސާ

4 ނޮވެންބަރު 2022 - 05:47 0

މަންކީޕޮކްސް ޖެހިފައިވާ މީހުންގެ ގައިން އަލާމާތްތައް ފެނުމުގެ ހަތަރު ދުވަސް ކުރިން އެހެން މީހުންގެ ގަޔަށް ބެލި ފެތުރެން ފަށާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ ދިރާސާއިން އެނގުނު ގޮތުގައި އަލާމާތްތައް ފެންނަން ފެށުމުން އައިސޮލޭޓް ކުރި ނަމަވެސް، އެއީ ބަލި ފެތުރުން ހުއްޓުވޭނެ ގޮތެއް ނޫނެވެ.

މިދިޔަ މޭ މަހުން ފެށިގެން ގިނަ ގައުމުތަކަށް މަންކީޕޮކްސް ފެތުރި މިހާތަނަށް 36 މީހުން މަރުވެފައިވެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ 77،000 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް، ޖުލައި މަހު ކޭސްތައް ޕީކުވުމަށް ފަހު މިހާރު އަދަދުތައް ދަނީ ތިރިއަށެވެ. ވަކިން ހާއްސަަކޮށް ޔޫރަޕާއި އުތުރު އެމެރިކާގައި ކޭސްތައް މަދެވެ.

އިނގިރޭސިވިލާތުގެ ދިރާސާ ޝާއިއު ކުރީ ބީއެމްލޭ ޖާނަލްގަ އެވެ. އިނގިރޭސިވިލާތަކީ އެފްރިކާގެ ގައުމުތަކަށް ފަހު މަންކީޕޮކްސްގެ ގިނަަ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓު ކުރި އެއް ގައުމެވެ.

ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީން ދިރާސާގައި ބެލީ ކޮންޓްރެކްޓް ޓްރޭސް ކުރުމުގެ ޑޭޓާ އާއި މޭ މަހުން ފެށިގެން އޯގަސްޓު މަހާ ދެމެދު މަންކީޕޮކްސަށް ޕޮޒިޓިވްވި 2،746 މީހުންނާ ކުރި އިންޓަވިއުތަކެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ 95 ޕަސެންޓަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނެވެ. މަންކީޕޮކްސް ގިނައިން ފެތުރެނީ އެ މީހުންގެ މެދުގައި ކަމަށް ފާހަގަވެފައިވެ އެވެ.

ތަފާތު ދެ ސްޓެޓިސްޓިކަލް މޮޑެލް ބޭނުންކޮށް ޑޭޓާ އެނެލައިޒްކޮށްގެން އެނގުނު ގޮތުގައި މަންކީޕޮކްސް ވައިރަހަށް މީހަކު ހުށަހެޅުމަށް ފަހު އަލާމާތްތައް ފެންނަން އެވްރެޖުކޮށް އަށް ދުވަސް ނަގަ އެވެ.

ދިރާސާއިން އެނގުނު ގޮތުގައު 53 ޕަސެންޓު ކޭސްގައި ބަލި ފެތުރުނީ އަލާމާތް ފެނުމުގެ ކުރިންނެވެ. ބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ އަލާމާތްތައް ފެނުމުގެ ހަތަރު ދުވަސް ކުރިންނެވެ.

މަންކީޕޮކްސްގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި، ފޮޅުތަކެއް ނެގުން ހިމެނެ އެވެ. މިހާތަނަށް ހުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ބަލި ޖެހޭ 97 ޕަސެންޓް މީހުންނަކީ ފިރިހެނުންނެވެ.