Advertisement

އައްޑޫގައި އެހެން ދީނެއްގެ ޝިއާރެއް ފާޅުކުރި މައްސަލަ އިސްލާމިކް މިނިސްޓްރީއިން ފުލުހަށް ހުށަހަޅައިފި

2 ނޮވެންބަރު 2022 - 18:18 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު : ވިދާޅުވީ އައްޑޫގައި ހިންގި އަމަލު ކުށްވެރިކުރާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


އައްޑޫގައި އެހެން ދީނެއްގެ ޝިއާރެއް ފާޅުކުރި މައްސަލަ އިސްލާމިކް މިނިސްޓްރީއިން ފުލުހަށް ހުށަހަޅައިފި

2 ނޮވެންބަރު 2022 - 18:18 0

އައްޑޫ ސިޓީގައި އެހެން ދީނެއްގެ ޝިއާރެއް ފާޅުކުރި މައްސަލަ އިސްލާމިކް މިނިސްޓްރީއިން ކުށްވެރިކޮށް، އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި އައްޑޫ ސިޓީގައި ކުރިއަށްދާ މަޝްރޫއެއްގެ ތެރެއިން އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް އެހެން ދީނެއްގެ ޝިއާރެއް ފާޅުކުރި އަމަލު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ކުށްވެރިކުރައްވާ ކަމަށެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ އެެހެން ދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކަނޑައެޅިގެން މަނާކަމެއް ކަމަށެވެ.

އަދި މައްސަލަ މިހާރު ފުލުހަށް ހުށަހެޅިފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި އުޅޭ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށްވެސް މިނިސްޓަރު ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ތާރު މަގެއްގައި ތާރު އެޅުން ފެށުމުގެ ކުރިން ހިންދޫ ދީނަށް ނިސްބަތްވާ އަމަލެއް ހިންގާ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ރައީސް އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދުވެސް ވަނީ މިފަދަ މައްސަލަތައް ސަރުކާރުން ސީރިއަސްކޮށް ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.