Advertisement

ފުރިހަމަ ސިއްހަތަކަށް ބޮބްސް ރެޑް މިލް ބުރޭންޑުގެ ފުށް

6 ނޮވެންބަރު 2022 - 18:19 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ފުރިހަމަ ސިއްހަތަކަށް ބޮބްސް ރެޑް މިލް ބުރޭންޑުގެ ފުށް

6 ނޮވެންބަރު 2022 - 18:19 0

ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ހަމަ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. މީހެއްގެ އެހީ އާއި ނުލައި ދިރިއުޅުމުގެ ކަންކަން ހަމަޖައްސާލެވޭ ނަމަ އެ ދެން ވަރަށް ފުރިހަމަވީ އެވެ. ފުރިހަމަ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މާބޮޑު ބުރައެއް އުފުލަން ނުޖެހުނު ނަމަވެސް، އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް އެކަމަށް ފަރުވާލެއް ނުބެހެއްޓެ އެވެ. ދުނިޔެއަށް އައި ކުރި އެރުމާއި ޒަމާނަށް އައި ބަދަލާ އެކު އަހަރުމެންގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް އައީ އެވެ. އާއްމު ދިރިއުޅުމުގައި ހެލިފެލިވެ އުޅުން މަޖުބޫރުވި ޒަމާން މާޒީވެ ހުރިހާ ކަމެއް ޑިޖިޓަލްވީ އެވެ. ކެއުން ބުއިމުގައި ސިއްހަތަށް ބެލި ބެލުން ދޫކޮށްލައި އަނގަޔަށް މީރު ކާނާއަށް ހޭނުނީ އެވެ.

ގިނަ މީހުންނަށް ހީވެފައި އޮންނަނީ ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށެވެ. އެންމެހައި އަގުބޮޑެތި ބާވަތްތައް ހިމަނައިގެން ނޫނީ ރަނގަޅު ޑައިޓެއް ވެސް ނުނެގޭނެ ކަމަށެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީ އެކެވެ. އާއްމު ގޮތެއްގައި ކާން ބޭނުން ކުރާ ތަކެއްޗަށް ކުޑަކުޑަ ބަދަލެއް ގެނެސްގެން ވެސް ތިމާގެ ޑައިޓަކީ "ހެލްތީ" ޑައިޓަކަށް ބަދަލުކޮށްލެވިދާނެ އެވެ. މިސާލަކަށް އާއްމުކޮށް ކެއުމުގައި ބޭނުންކުރާ ފުށަކީ އޭގައި ފާޑުފާޑުގެ ކެމިކަލް އެކުލެވިގެން ނުވާ ފުށަކަށް ބަދަލުކޮށްލައިފި ނަމަ އެކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ވާނެކަން ޔަގީނެވެ.

ފުށް ތައްޔާރު ކުރާއިރު އެޑިޓިވްސްގެ ގޮތުގައި ޕޮޓޭސިއަމް ބުރޮމޭޓް ފަދަ ކެމިކަލްތައް ބޭނުން ކުރެ އެވެ. މިފަދަ އެޑިޓިވްސް ތަކާ ބެހޭ ގޮތުން މާބޮޑު ދިރާސާތަކެއް ކުރެވިފައި ނުވީ ނަމަވެސް، ޖަނަވާރު ބޭނުން ކޮށްގެން ކޮށްފައި ހުރި އެކި ދިރާސާތަކުން ވަނީ މިފަދަ އެޑިޓިވްސް އިން ކިޑްނީ ހަލާކުވުމާއި ކެންސަރު ފަދަ ބަލިތަކަށް ހުށަހެޅޭކަން ހާމަވެފަ އެވެ.

ހައިރާން ވާންޖެހޭ ކަމަކީ އަހަރުމެން އަތްފޯރާ ފަށުގައި މިފަދަ ކެމިކަލްތައް އެކުލެވިގެން ނުވާ އުފެއްދުންތައް ހުރެމެ، އެފަދަ އުފެއްދުންތައް ބޭނުން ނުކުރާތީ އެވެ. އެގޮތުން ރާއްޖޭގެ ބާޒާރުގައި މިހާރުވެސް ހުރި ބޮބްސް ރެޑްމިލް ބުރޭންޑުގެ އުފެއްދުންތަކަކީ ހަށިގަނޑަށް ގެއްލުންވާ ޒާތުގެ އެއްވެސް ކެމިކަލްއެއް ބޭނުން ނުކޮށް އުފައްދާފައިވާ އުފެއްދުންތަކެކެވެ. ބޮބްސް ރެޑްމިލްގެ އުފެއްދުންތަކަކީ ނޯތު އެމެރިކާގެ އެންމެ ފެންވަރު ރަނގަޅު ގޮދަނުން ތައްޔާރު ކުރާ ފުށެކެވެ.

ބޮބްސް ރެޑްމިލް ބުރޭންޑުގެ ފުށް

މި ބުރޭންޑުގެ ފުށަކީ ބުލީޗު ކުރެވިފައި ނުވާ ފުށެއްކަމުން ފުއްތަކުގައި ރާޅުކަމެއް ހުރެ އެވެ. އެހެންކަމުން މިފުށް ބޭނުންކޮށްގެން ތައްޔާރު ކުރާ ޕޭސްޓުރީތައް ވަރަށް ރީތިކޮށް ފުފިލާފައި ހުރެ އެވެ. ކުރީމް ޕަފް، އެކްލެއާސް، ނުވަތަ ޔީސްޓު ބުރެޑް ފަދަ ޕޭސްޓުރީތަކުގެ ބޭސް ތައްޔާރުކޮށްލަން އެއްމެ ކަމުދަނީ މި ބާވަތުގެ ފުށެވެ.

ބޮބްސް ރެޑް މިލްގެ އުފެއްދުންތަކަކީ ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާތަކެއް އޭގައި އެކުލެވޭ އުފެއްދުންތަކެއް -- ފޮޓޯ: ފައިލް


މި ބުރޭންޑުގެ އޯގެނިކް ފުށަކީ ފިހެގެން ތައްޔާރު ކުރާ ޕިއްޒާ ކުރަސްޓާއި، އެކި ބާވަތުގެ ޕައި ކުރަސްޓާއި، ޕޭސްޓުރީ ފުށްގަނޑާއި، ޕާނާއި އެނޫންވެސް ހުރިހާ ބާވަތެއްގެ ރެސިޕީތަކުގައި ވެސް ބޭނުން ކުރެވޭ ފުށެކެވެ. އޭގެއިތުރުން މި ބުރޭންޑުގެ ފުށުގައި މޯލްޓެޑް ބާރުލީ އެކުލެވިފައި ވުމުން ޔީސްޓު ބުރެޑް ތައްޔާރު ކުރުމުގައި އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ.

ހުރިހާ އެންމެނަށް ވެސް ބޭނުން ކޮށްލެވޭ އުފެއްދުންތަކެއް

ބޮބްސް ރެޑް މިލްގެ އުފެއްދުންތަކުގެ ތެރޭގައި 100 ޕަސެންޓު ގުލޫޓަން ފުރީ އުފެއްދުންތައް ވެސް ހިމެނެ އެވެ. އެގޮތުން މި އުފެއްދުންތައް ތައްޔާރު ކުރުމަށް ވަކީން ހާއްސަ ފެސިލިޓީއެއް ގާއިމު ކުރެވިފައި ހުރެ އެވެ. މި އުފެއްދުންތައް އުފައްދައި ބަންދުކޮށް ޓެސްޓު ވެސް ކުރަނީ ވަކީން އެކަމަށް ހާއްސަ އެ ފެސިލިޓީގަ އެވެ.

އޭގެއިތުރުން މި ބުރޭންޑުގެ އުފެއްދުންތައް ތައްޔާރު ކުރަނީ އެ މަސައްކަތް އެންމެ އިހުގައި ވެސް ކޮށްއުޅުނު ގޮތަށް ސްޓޯންމިލް ކޮށްގެންނެވެ. މިގޮތަށް ފުށް ތައްޔާރު ކުރުމުން ގޮދަނުގައި ހުންނަ ތާސީރާއި ރަހަ ގެއްލިގެން ނުދެ އެވެ. ހަށިގަނޑަށް ގެއްލުން ލިބޭ ޒާތްޒާތުގެ ވިހަ ކެމިކަލްތައް ނުހިމަނައި އުފައްދާ މި ބުރޭންޑުގެ ފުށަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އެދޭ މީހަކު ބޭނުންކޮށްލަން ހަމަ އެއްވަނަ އެވެ.

ލިބެން ހުރީ ކޮންތާކުން؟

ސިއްހަތަށް ފައިދާ ހުރި ޑައިޓެއް ރަވާލަން ބޭނުން ނަމަ ބޮބްސް ރެޑް މިލް ބުރޭންޑުގެ ފުށަކީ ކޮންމެހެން ވެސް ކެއުމުގައި ހިމަނާލުން ރަނގަޅު އެއްޗެކެވެ. މި ބުރޭންޑުގެ ތަފާތު ވައްތަރުތަކުގެ ފުށް، ވިލާ ޓުރޭޑިންގެ ފިހާރަތަކުން ލިބޭނެ އެވެ. އަނގަޔަށް މީރު، އަދި ހަށިގަނޑަށް ފައިދާ ހުރި އުފެއްދުންތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭ ވިލާ ޓުރޭޑިން އިން ވިޔަފާރި ކޮށްލަން ވެސް އެހާމެ ފަސޭހަ އެވެ. އެގޮތުން ވިލާ މާޓުގެ ވެބްސައިޓު ނުވަތަ އެ ފިހާރައިގެ ގޫގުލް އެޕް އަދި އައިސޯއެސް އެޕް މެދުވެރިކޮށް ވެސް އެ ފިހާރައިން ވިޔަފާރި ކޮށްލެވޭނެ އެވެ.

ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ބޭނުންވަނީ ހަމައެކަނި މީހާގެ ހިތްވަރާއި ކެރުންތެރިކަމެވެ. މާބައިވަރު ފައިސާތަކެއް ހަރަދު ނުކޮށްވެސް ރަނގަޅު ޑައިޓެއް ނެގިދާނެކަން ވިލާ މާޓުގެ ހަރުތަކަށް ބަލާލުމުން އެނގެ އެވެ. ވިލާ މާޓަކީ އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދިނުމަށް މަސައްކަތް ކުރާ ފިހާރައެކެވެ.

އެޑިޓަރުގެ ނޯޓު


މިއީ ވިލާ މާޓުން ރާއްޖެ އެތެރެކޮށް ވިއްކާ ބޮބްސް ރެޑްމިލް ބުރޭންޑުގެ ފުށާ ބެހޭ އެޑްވަޓޯރިއަލްއެކެވެ.