Advertisement

އަބްދުﷲ ރަޝީދު ހައްޔަރުކުރި އިރު ފުލުހުން ބޮޑީ ކެމެރާ ބޭނުމެއް ނުކުރޭ

26 އޮކްޓޯބަރު 2022 - 11:54 1

ނިމާ ހަސަން

ނިމާ ހަސަން

ފުލުހުންގެ ބޮޑީކެމެރާ؛ ރޭ މަރުވި އަބްދުﷲ ހައްޔަރުކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ފުލުހުން ކެމެރާ ބޭނުމެއް ނުކުރޭ -- ފޮޓޯ: އަދަދު


އަބްދުﷲ ރަޝީދު ހައްޔަރުކުރި އިރު ފުލުހުން ބޮޑީ ކެމެރާ ބޭނުމެއް ނުކުރޭ

26 އޮކްޓޯބަރު 2022 - 11:54 1

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ރޭ މަރުވި އަބްދުﷲ ރަޝީދު ހައްޔަރު ކުރުމަށް އިއްޔެ ގދ. ހޯޑެއްދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ފުލުހުން ބޮޑީ ކެމެރާ ބޭނުން ނުކުރާ ކަމަށް ބުނެފި އެވެ.

އިއްޔެ ގދ. ހޯޑެއްދޫއިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި އޮޕަރޭޝަނުގައި އަބްދުﷲ ގެ އިތުރުން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައި އަބްދުﷲ ހުއްޓާ މެއަށް ތަދުވެ، ސީޒާއެއް ޖެހޭފަދަ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ހަމަޖެހިފައިވާއިރު، އޭނާގެ ހަށިގަނޑު ވަނީ ރޭގެ ވަގުތެއްގައި މާލެ ގެނެސްފަ އެވެ.

އަބްދުﷲ މަރުވި މައްސަލާގައި ފުލުހުންގެ އިހުމާލު ބޮޑު ކަމަށް ބުނެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް، މި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 22 މެންބަރަކު ވޯޓުދީ، މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.

ޝިޔާމް ހުށަހެޅުއްވި މި މައްސަލައިގައި އަބްދުﷲ ރަޝީދު މަރުވި މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގާ މައްސަލައާ ގުޅުންހުރި ހުރިހާ މައުލޫމާތެއް ހާމަކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

އެގޮތުން، އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން ހޯޑެއްދޫައިން ލޯންޗަށް އެރުވި އިރު އޭނާގެ މެޔަށް ތަދުވާ ކަމަށް ބުނެފައިވާ ކަމަށާއި އޭނާ ޑޮކްޓަރަށް ގެންދިއުމަށް އާދޭސް ކޮށްފައިވާ ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.