Advertisement

ތައިލެންޑް މުބާރާތުން ރާއްޖޭގެ އީން އަށް ނުވަ މެޑަލާއި ރެކޯޑެއް

25 އޮކްޓޯބަރު 2022 - 09:35 0

އީން އައްބާސް ޝަރީފް: އޭނާ ވަނީ ތައިލެންޑް މުބާރާތަކުން ޖުމްލަ ނުވަ މެޑަލް ހޯދައިދީފައި


ތައިލެންޑް މުބާރާތުން ރާއްޖޭގެ އީން އަށް ނުވަ މެޑަލާއި ރެކޯޑެއް

25 އޮކްޓޯބަރު 2022 - 09:35 0

ތައިލެންޑްގެ އުމުރުފުރާ ފެތުމުގެ މުބާރާތަކުން ރާއްޖޭގެ ޒުވާން ފެތުންތެރިޔާ، އީން އައްބާސް ޝަރީފް ނުވަ މެޑަލް ހޯދައި، ގައުމީ ރެކޯޑެއް މުގުރާލައިފި އެވެ.

ތައިލެންޑްގެ އުމުރުފުރާ ފެތުމުގެ މުބާރާތުގެ 14 އާއި 15 އަހަރުން ދަށުގެ ކެޓަގަރީން އީން ރަން މެޑަލް ހޯދީ 400 މީޓަރުގެ އިންޑިވިޖުއަލް މެޑްލީ އިވެންޓާއި 200 މީޓަރު ބަޓަފްލައި ސްޓްރޯކް، 400 މީޓަރު ފްރީ ސްޓައިލް، 800 މީޓަރު ފްރީ ސްޓައިލް އިވެންޓުންނެވެ. ރިހި މެޑަލް ހާސިލްކޮށްފައިވަނީ 50 އާއި 200 މީޓަރު ބްރެސްޓް ސްޓްރޯކް، 200 މީޓަރު ފްރީ ސްޓައިލާއި އިންޑިވިޖުއަލް މެޑްލީ އިވެންޓުންނެވެ. އަދި ލޯ މެޑަލް ހޯދީ 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުންނެވެ.

އީން ގައުމީ ރެކޯޑް ހެދީ އަންހެނުން 400 މީޓަރު ފްރީސްޓައިލް އިވެންޓުންނެވެ. އީން އޭނާ އަތުގައި ކުރިން ވެސް އޮތް ރެކޯޑެއް އާ ކުރީ 05.29.88 ގެ ޓައިމިން އަކުން އިވެންޓް ފުރިހަމަކޮށްގެންނެވެ.

ތައިލެންޑްގެ އުމުރުފުރާ މުބާރާތުގެ ތެރެއިން އިވެންޓެއް ނިންމާލުމަށް ފަހު އީން.


މި އިވެންޓް ދިވެހި ފެތުންތެރިއަކު އެންމެ ފުރަތަމަ ފަތާފައިވަނީ 2021 ވަނަ އަހަރު ބޭއްވުނު ތައިލަންޑް ސްވިމިންގ އެސޯސިއޭޝަންގެ އޭއެމްއައިޖީ ސްވިމް ޓްރަޔަލްސްގައ އީން އެވެ. އެ ފަހަރު ޓްރަޔަލްސްގައި ޢީން ރޭސް ފުރިހަމަކޮށްފައި ވަނީ 05.49.74 ގެ ޓައިމިން އަކުންނެވެ.

މިދިޔަ އޮގަސްޓް މަހު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ބައިވެރިވި ދިވެހި ފެތުންތެރިންގެ ޓީމުގައި އީން ހިމެނެ އެވެ.

އެތުލީޓުންނަށް ޓްރެއިނިން ފުރުސަތު ފަހިކޮށްދިނުމަށް ޔޫތު މިނިސްޓްރީން ފަށާފައިވާ އަރުތަ ޕްރޮގްރާމްގެ ތެރެއިން އީން އަށް ވެސް ބޭރުން ތަމްރީން ހެދުމުގެ ކަންކަމުގައި މިނިސްޓްރީން އެއްބާރުލުން ދެމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.