Advertisement

އިސްލާމްދީނާ މެދު ގޯސް ވިސްނުން ފެތުރުން ހުއްޓުވަން އޯއައިސީ ގައުމުތަކުން ވައުދުވެއްޖެ

24 އޮކްޓޯބަރު 2022 - 06:14 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އޯއައިސީއިން މީގެ ކުރިން ބޭއްވި ބައްދަލުވުމެއް. -- ފޮޓޯ: އޭޕީ


އިސްލާމްދީނާ މެދު ގޯސް ވިސްނުން ފެތުރުން ހުއްޓުވަން އޯއައިސީ ގައުމުތަކުން ވައުދުވެއްޖެ

24 އޮކްޓޯބަރު 2022 - 06:14 0

އިސްލާމްދީނާ ގުޅޭ ގޮތުން ދޮގު މައުލޫމާތާއި، ނަފުރަތާއި، ބިރުވެރިކަން ފެތުރުން ހުއްޓުވަން އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައުމުތަކުން ވައުދުވެއްޖެ އެވެ.

އޯއައިސީގެ ގައުމުތަކުގެ އިންފޮމޭޝަން މިނިސްޓަރުންގެ 12 ވަނަ ސެޝަން އޮތީ ހޮނިހިރު ދުވަހު ތުރުކީގެ އިސްތަންބޫލްގަ އެވެ. އެ ސެޝަންގައި ވަނީ އިސްތަންބޫލް ޑެކްލެރޭޝަން ފާސްކޮށްފަ އެވެ.

އެ ޑެކްލެރޭޝަން ނުވަތަ ގަރާރުގެ މަގުސަދަކީ ޑިޖިޓަލް ޒަމާނުގައި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާ ދެކޮޅަށް މަސައްކަތް ކުރުމެވެ. އޭގެ ދަށުން މެމްބަރު ގައުމުތަކުން އެއްބަސްވީ ހުރިހާ ބާވަތެއްގެ ހަރުކަށި ފިކުރާއި، އަނިޔާވެރިކަމާއި، ޓެރަރިޒަމް ކުށްވެރި ކުރުމަށެވެ.

ދެ ދުވަހަށް ކުރިއަށް ދިޔަ "ކޮމްބެޓިން ޑިސްއިންފޮމޭޝަން އެންޑް އިސްލާމޮފޯބިއާ އިން ދަ ޕޯސްޓް ޓްރުތް އީރާ" ބައްދަލުވުމުގައި 57 ގައުމެއްގެ މަންދޫބުން ބައިވެރިވި އެވެ.

އޯއައިސީގެ ސެކެޓްރީ ޖެނެރަލް ހިސެއިން ބްރާހިމް ތާހާ ވިދާޅުވީ ސޯޝަލް މީޑިއާ ފެތުރިފައިވާ މި ޒަމާނުގައި ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލަ ވަތަށް ބޮޑު ކަމަށެވެ.

ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ ބަހުސް ބޮޑުވުމުގެ އަސަަރު ޒުވާނުންނަށް ކުރަމުންދާ ކަމަށާއި އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ގްރޫޕްތަކުގެ ޝިކާރައަކަށް ޒުވާނުން ވަމުންދާ ކަމަށެވެ.