Advertisement

ބޮޑެތި ބަދަލުތަކެއް ގެނައުމުގެ އަމާޒުގައި އެންޑީއޭގެ ސިއީއޯއަކަށް އިމާދު ސޯލިހު

20 އޮކްޓޯބަރު 2022 - 16:57 0

ނިމާ ހަސަން

ނިމާ ހަސަން

އެންޑީއޭގެ ބޯޑު، ޗެއާމަން އަދި އަލަށް އައްޔަންކުރި ސީއީއޯ އިމާދު ސޯލިހް


ބޮޑެތި ބަދަލުތަކެއް ގެނައުމުގެ އަމާޒުގައި އެންޑީއޭގެ ސިއީއޯއަކަށް އިމާދު ސޯލިހު

20 އޮކްޓޯބަރު 2022 - 16:57 0

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހުސްކޮށް އޮތް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމަށް ސ. މަރަދޫފޭދޫ އެވަރެސްޓް، އިމާދު ސޯލިހް އައްޔަނުކޮށްފި އެވެ.

އެންޑީއޭގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމާދު ވިދާޅުވީ އޭނާ ސީއީއޯގެ މަގާމަށް އައްޔަންކޮށްފައިވާއިރު، ރަސްމީކޮށް މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނީ ނޮވެމްބަރު އެއް ވަނަ ދުވަހު ކަމަށެވެ.

އިމާދު ވިދާޅުވީ ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލައަށް އެޑްރެސްކުރުމަށް ދެކޭ ގޮތާއި، އެންޑީއޭ އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު ދެނެގަތުމަށް ދިރާސާ ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށާއި، އެ ރިޕޯޓަކީ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ފަށާ މީހެއްގެ ހައިސިއްޔަތުން ވަރަށް މުހިންމު ބިންގަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެންޑީއޭގެ ސިޓުއޭޝަން އެނާލިސިސް ރިޕޯޓު އާންމު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ޗެއާމަން ޝަމާއު ޝަރީފް ވިދާޅުވީ އެންޑީއޭގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުން މިދާ މަސައްކަތްތަކަކީ 2011 ވަނަ އަހަރު ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ.

އެގޮތުން، 2011 ގައި އެކުލަވާލި މަސްތުވާތަކެތީގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ގާނޫނު އޮތްގޮތުން އަމިއްލައަށް ބޭނުންވެގެން ފަރުވާއަށް އެދުމުގެ ފުރުސަތު އޮތީ ވަރަށް ހަނިވެފައި ކަމަށެވެ. އަދި، އެފަދަ އެތައް ކަމެއް އިސްލާހު ކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނާމެދު މުޖުތަމައުން ދެކޭގޮތް ބަދަލުކުރަންޖެހޭކަން ފާހަގަކޮށް ޝަމާއު ވިދާޅުވީ އެއީ ބަލިމީހުން ނުވަތަ ޕޭޝަންޓުންގެ ގޮތުގައި ދެކިގެން އަމަލުތައް ބަހައްޓަން ޖެހޭ ކަމަށެވެ. ހަމައެއާއެކު، ފަރުވާއަށްފަހު މުޖުތަމައަށް ނިކުންނަ މީހުން ބަލައިނުގަނެ، މުޖުތަމައުގައި ބާކީކޮށްލުމުގެ ވިސްނުން ދޫކޮށްލާ، އެމީހުންނާމެދު ދެކޭގޮތް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމާދު ސޯލިހަކީ ކޮން ބޭފުޅެއް؟

އެންޑިއޭގެ އާ ސީއީއޯ އިމާދު ސޯލިހަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ޑިގްރީ ހާސިލު ކުރައްވައި ޝަރިއާ އެންޑް ލޯގެ ދާއިރާއިން މާސްޓާސް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، މެލޭޝިއާގެ ނޮޓިންހަމް ޔުނިވާސިޓީން އޭނާ ވަނީ އެޑިއުކޭޝަން މެނޭޖުމަންޓުގެ ދާއިރާއިން ވެސް މާސްޓާސް ފުރިހަމަ ކުރައްވާފަ އެވެ.

ސިޔާސީ ގޮތުން ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގައި އިމާދު ކުރިން ފާހަގަކުރެވުނުއިރު އޭނާ ވަނީ ކުރީގެ ބަންޑާރަނައިބު ޑރ. ހަސަން ސައީދު އުފެއްދެވި ގައުމީ ޕާޓީގެ ރައީސްގެ މަގާމައި ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާފަ އެވެ. އޭގެ އިތުރުން، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރު ކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އިމާދު ކުރެއްވި އެވެ.