Advertisement

ސީއެޗްއެސްސީން ޖާގަ ނުލިބޭ ދަރިވަރުން ޕްރައިވެޓް ސްކޫލުތަކުން ކިޔަވަން ސަރުކާރުން އެހީވަނީ

15 އޮކްޓޯބަރު 2022 - 14:05 0

ނިމާ ހަސަން

ނިމާ ހަސަން

ސީއެޗްއެސްއީގެ އޭލެވެލް ދަރިވަރުންތަކެއް؛ ސީއެޗްއެސްއީން ޖާގަ ނުލިބޭ ދަރިވަރުން ޕްރައިވެޓް ސްކޫލުން ކިޔަވަން ސަރުކާރުން އެހީވާނެ ކަމަށް ބުނެފި


ސީއެޗްއެސްސީން ޖާގަ ނުލިބޭ ދަރިވަރުން ޕްރައިވެޓް ސްކޫލުތަކުން ކިޔަވަން ސަރުކާރުން އެހީވަނީ

15 އޮކްޓޯބަރު 2022 - 14:05 0

ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ޖާގަ ނުލިބޭ ދަރިވަރުންނަށް ޕްރައިވެޓް ސްކޫލްތަކުން ކިޔަވަން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ފައިސާގެ އެހީވާން ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މާލެ ސަރަހައްދުގެ ސްކޫލުތަކުން ސާނަވީ ނިންމާ އިމްތިހާނުތައް ފުރިހަމަކޮށް ފަސް މާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން ފާސްވެގެން މަތީ ސާނަވީ ކިޔެވުމުގެ ޝަރުތު ހަމަވާ ބައެއް ދަރިވަރުންނަށް ސީއެޗްއެސްއީން ޖާގަ ނުލިބޭ ކަމަށެވެ.

ސީއެޗްއެސްއީން ޖާގަ ނުލިބޭ ދަރިވަރުންނަށް އަމިއްލަ ސްކޫލަކުން އޭލެވެލް ކިޔެވުމަށް ފީ ދެއްކުމަށްޓަކައި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނީ، ޕްރައިވެޓް ސްކޫލުން އޭލެވެލް ކިޔެވުމަށް ފީ ދެއްކުމުގައި ފައިސާގެ އެހީ ދޭނީ އެކަމަށް އެދި ހުށަހަޅާ ދަރިވަރުންނަށް ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން ދަރިވަރެއް މާލޭގެ ކޮންމެ ސްކޫލަކުން މަތީ ސާނަވީއަށް ކިޔެވި ނަމަވެސް އެ އެހީ ފޯރުކޮށްދެވޭނެ ކަމަށެވެ.